މަގުބޫލު ޓީވީ ސީރީޒް ‘ޔޭހޭ މޮހައްބަތޭން’ގައި “ރޫހީ”ގެެ ރޯލުން ފެނިގެންދިޔަ ކުޑަކުއްޖާ ރުހާނިކާ ދަވަން ކެމެރާ ކުރިމައްޗަށް ނާރާ ހުންނަތާ ދެ އަހަރަށް ވުރެން ގިނަދުވަސް ވެއްޖެކަމަށާ އޭނާ ހުރީ ޓީވީ ސީރީޒެއްގައި މަސައްކަތްކުރަން ބޭނުންވެފައިކަމަށް ރުހާނިކާ ބުނޭ.

‘ޔޭހޭ މޮހައްބަތޭން’ގައި ކުޑަކުޑަ ރޫހީގެ ރޯލުން ފެނިގެންދިޔަ ރުހާނިކާ ދަވަން އެ ސީރީޒް ކުޅުމަށްފަހު ބްރޭކެއް ނެގިއެވެ. ނަމަވެސް މިހާރު އޭނާ ހުރީ އެކްޓިންއަށް ނުކުތުމަށް ތައްޔާރަށް ކަމަށް ރުހާނިކާ ވަނީ ބުނެފައެވެ.

ރުހާނިކާ ބުނީ އޭނާ ކެމެރާއެއްގެ ކުރިމައްޗަށް ނާރާ ހުންނަތާ ދެ އަހަރަށް ވުރެން ގިނަދުވަސް ވެއްޖެކަމަށާ ނަމަވެސް މިހާރު އޭނާ ހުރީ ޓީވީ ސީރީޒެއްގައި މަސައްކަތްކުރަން ބޭނުންވެފައިކަމަށެވެ.

“އެ ސީރީޒްގައި އަހަރެން ކުޅުނު ދެ ރޯލު ކަމަށްވާ ރޫހީ އާއި ޕީހޫ މަތިން ވަރަށް މިސްވޭ. އެއީ ހަތް އަހަރު ދުވަހަށް ދެމިގެން ދިޔަ ޝޯއަކަށް ވީތީ އަހަރެންގެ ދިރިއުޅުމުގެ ބަޔަކަށް ވެގެން ދިޔަ އެ ޝޯ. އެހެންވެ އަހަރެން ޓީވީ ސީރީޒަކުން ވީހާ އަވަހަކަށް ފެންނަން ބޭނުން. އެކަމަކު ދެން އަހަރެން އެހާ ދިގުދެމިގެންދާ ޕްރޮޖެކްޓެއްގައި މަސައްކަތެއް ނުކުރާނަން، އަހަރެން ގްރޭޑް10 ނުނިމެންދެނެއް. ނަމަވެސް އިޝްތިހާރާ، ވެބް ސީރީޒް ނުވަތަ ފިލްމަކުން ރޯލެއް ކުޅެގެން ނަމަވެސް އޯޑިއަންސާ އެކުގައި ހުރުމަށް އަހަރެން ބޭނުން.” ޓައިމްސް އޮފް އިންޑިއާއަށްް ރުހާނިކާ ބުންޏެވެ.

“މިހާރު އަހަރެން ފޯކަސް ކޮށްގެން މި ހުރީ އަހަރެންގެ ކިޔެވުމުގެ ކަންތައްތަކާ އިތުރު ހަރަކާތްތަކަށް. މިހާރު އަހަރެން މިއުޅެނީ ގްރޭޑް 08 ގަ. އެހެންކަމުން ކުރިއަށް ވުރެން މިހާރު އަހަންނަށް ކިޔެވުމައިގެން އުޅެން މުހިންމު.” މިހާރު ރުހާނިކާ ކުރަނީ ކޮން ކަމެއްތޯ އަހައިލުމުން އޭނާ ބުންޏެވެ. އޭގެ އިތުރުން ރުހާނިކާ ބުނީ އޭނާ ‘ތިއޭޓަރ’ ކޯހެއް ހަދަމުން އަންނަ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.