މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ ޤަވާޢިދަށް މިހާރު މިވަނީ ކުޑަކުޑަ އިސްލާހެއް ގެނެވިފައެވެ.
މި އިސްލާހު ގެނައީ ކުރިން ހަމަޖެހިފައި އޮތް ގޮތުން މަދަހައިގެ މައިގަނޑަކާއި ދެ ކަޑި ކިޔާ ގޮތަށް އޮތުމުން ބައިވެރިން ފޮނުވާ މަދަހައިގެ ދިގުމުން މާބޮޑަށް ކުރުވުމުގެ ފުރުސަތާއި މާބޮޑަށް ދިގުވުމުގެ ފުރުސަތު އޮންނާކަމަށް މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރައްވަމުން ގެންދަވާ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބެމުން އަންނަ ޚިޔާލުތަކަށް ބެލުމަށްފަހުގައެވެ.
އެގޮތުން ތިރީގައި މި ހިމަނާލަނީ ފަސްވަނަ މާއްދާއަށް އިސްލާހު ގެނެވުނު ގޮތެވެ. އިސްލާހު ގެނެވުނު ބައި އެވަނީ ކަޅު ފަސްމަންޒަރެއްގައި ރީނދޫކުލައިންނެވެ.
5- މި މުބާރާތުގައި ކިޔާ މަދަހައިގެ މިންވަރާއި ބާވަތް
މުނިއަވަސް މަދަހަ މުބާރާތުގައި ދަރިވަރު ކިޔާ މަދަހައިގެ ދިގުމިނުގައި މަދުވެގެން 02:30 (ދެ މިނެޓް ތިރީސް ސިކުންތު) އަދި ދިގުވެގެން 03:55 (ތިން މިނެޓް ފަންސާސް ފަސް ސިކުންތު) ހުނަންނަން ވާނެ އެވެ. މާނައަކީ، ބައިވެރިން ފޮނުވާ މަދަހަ ވީޑިއޯގައި ހުންނަން ޖެހޭނީ 02:30 – 03:55 (ދެ މިނެޓް ތިރީސް ސިކުންތާއި ތިން މިނެޓް ފަންސާސް ފަސް ސިކުންތު)ގެ ދޭތެރެއަށް ފެތޭ ދިގުމިނެކެވެ.
މިއަށް ވުރެ ދިގު މަދަހަތަށް މުބާރާތުން ކުރުކޮށް އެޑިޓްކޮށް ކުރު ކުރެވޭނެއެވެ.
އަދި ކޮންމެ މަދަހަ އަކީވެސް މަދުވެގެން މައިގަނޑަކާއި ކަނޑިއެއް ހިމެނޭ މަދަހައަކަށް ވާންޖެހޭނެއެވެ.
މި މުބާރާތަށް ކިޔާ މަދަހަ އަކީ މީގެ ކުރިން އެއްވެސް މުބާރާތެއްގައި ކިޔާފައިވާ ނުވަތަ އެއްވެސް ބްރޯޑްކާސްޓިން މީޑިއަމްއެއްގައި ގެނެސްދީފައިވާ މަދަހައަކަށް ވެގެން ނުވާނެ އެވެ. ހުށައަޅާ މަދަހައިގެ ރާގާއި ބާވަތަކީ ކިޔުންތެރިންނާއި ބެލެނިވެރިންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.
މި މުބާރާތް ރޭވިފައިވަނީ ދަރިވަރުން ވަކިން މަދަހަ ހުށައަޅާ ގޮތަށެވެ. މާނައަކީ މުބާރާތަށް ގުރޫޕް ނުވަތަ ޑުއެޓް މަދަހަ ބަލައެއް ނުގަނެވޭނެއެވެ.
މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ ގަވާައިދާއި އުސޫލުތައް އާއްމުކޮށްފައިވާަ އާޓިކަލްގެ ލިންކު ތިރީގައި އެވަނީއެވެ.
މުނިއަވަސް މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
ހަލީމަތުއް ސައުދިއްޔާ ކިޔޭނެ ތޯ؟
އެ ރާގަށް ޅެމެއް ހަދައިގެން ކިޔޭނެ
ކުރިން ހަދާފަ، ކިޔާފަ ހުރި ޅެމެއް/ މަދަހައެއް ނުކިޔޭނެ