“މުނިއަވަސް މަދަހަ މުބާރާތް ސީޒަަން 2″ގައި ބައިވެރިވުމަށް ފޮނުވަން ޖެހޭ ވީޑިއޯ ހުންނަން ޖެހޭ ފޯމެޓް، މި މުބާރާތުގެ ޤަވާޢިދުގައި ވަަރަށް ސާފުކޮށް ހިމަނާފައިވާނެއެވެ. ކަން މިހެން އޮތް ނަމަވެސް، ވީޑިއޯ ފޮނުވަން ޖެހޭ ފޯމެޓާއި ޚިލާފަށް ބައެއް ވީޑިއޯ ކްލިޕްތައް ފޮނުވަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.
“މުނިއަވަސް މަދަހަ މުބާރާތް ސީޒަަން 2″ގައި ބައިވެރިވުމަށް ފޮނުވަން ޖެހޭ ވީޑިއޯ ހުންނަން ޖެހޭނީ ‘ލޭންޑްސްކޭޕްކޮށް’، ވީޑިއޯގެ މަންޒަރާއި އަޑު، ވީހައިވެސް ސާފުކޮށެވެ. ވީޑިއޯކުރާއިރު ފަސްމަންޒަރު (ބެކްގަރައުންޑް)ގައި ހުންނަން ޖެހޭނީ ހުދުކުލައެވެ. ވީޑިއޯ ރީތިކުރުމަށްޓަކައި ފަސްމަންޒަރާއި އެއްކުލަ ނުވަތަ ކުލަ މެޗުވާ ކުލައެއްގެ ހެދުން ނޭޅުން އެދެވިގެން ވެއެވެ. ވީޑިއޯގައި ކުއްޖާ ހުންނަން ވާނީ ކުއްޖާގެ ފަލަމަސްގަނޑުން ފެށިގެން މަތި ނުވަތަ އުނގަނޑާއި ހަމައިން މަތިން ފެންނަގޮތަށެވެ. ވީޑިއޯ ކުރުމުގައި ކުއްޖާގެ ބޮލުން މައްޗަށް ސްކްރީނުން ‘ހަތަރު އިންޗި’ ވަރު ބަހައްޓަން ވާނެއެވެ.
ތިރީގައި އެވަނީ ބައިވެރިއަކު ފޮނުވާފައިވާ ވީޑިއޯއެއްގެ މަންޒަރެކެވެ. ވީޑިއޯ އެވަނީ މުނިއަވަސް އިން އެޑިޓްކުރާ ފޯމެޓްގައި އެޑިޓްކޮށް ޓައިޓްލްކުރެވިފައެވެ.

ވީޑިއޯ ކޮށްފައި ހުންނަން ޖެހޭނީ ފޯނުތެރެއިން އެ ފެންނަ ގޮތަށް ވީޑިއޯގެ ފްރޭމް ލޭންޑްސްކޭޕްކޮށް
ތިރީގައި މި ހިމަނާ ވީޑިއޯގެ ފޯމެޓަކީ ބަލައިގަނެވޭނެ ފޯމެޓެއް ނޫނެވެ.

މި ވީޑިއޯގެ ފޯމެޓަކީ ބަލައިގަނެވޭނެ ފޯމެޓެއް ނޫން!
ވީޑިއޯ ފޮނުވަމަށް ކަނޑައެޅިފައިވަނީ މުނިއަވަސް ޓެލެގްރާމް ނަންބަރު: 7668101 އަށެވެ. މި ނަންބަރުން ފޯނުކޯލާއި މެސެޖަށް ޖަވާބެއް ނުދޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވުމަށް / ޓެެލެގްރާމް ނުވަތަ ވައިބަރުން މަޢުލޫމާތު ހޯއްދެވުމަށް ހަމަޖެހިފައިވަނީ 9957171 ނަންބަރެވެ.
މި މުބާރާތުގައި ކިޔާ މަދަހައިގެ މިންވަރާއި ބާވަތް
މުނިއަވަސް މަދަހަ މުބާރާތުގައި ދަރިވަރު ކިޔާ މަދަހައިގެ ދިގުމިނުގައި މަދުވެގެން 02:30 (ދެ މިނެޓް ތިރީސް ސިކުންތު) އަދި ދިގުވެގެން 03:55 (ތިން މިނެޓް ފަންސާސް ފަސް ސިކުންތު) ހުނަންނަން ވާނެ އެވެ. މާނައަކީ، ބައިވެރިން ފޮނުވާ މަދަހަ ވީޑިއޯގައި ހުންނަން ޖެހޭނީ 02:30 – 03:55 (ދެ މިނެޓް ތިރީސް ސިކުންތާއި ތިން މިނެޓް ފަންސާސް ފަސް ސިކުންތު)ގެ ދޭތެރެއަށް ފެތޭ ދިގުމިނެކެވެ.
މިއަށް ވުރެ ދިގު މަދަހަތަށް މުބާރާތުން ކުރުކޮށް އެޑިޓްކޮށް ކުރު ކުރެވޭނެއެވެ.
އަދި ކޮންމެ މަދަހަ އަކީވެސް މަދުވެގެން މައިގަނޑަކާއި ކަނޑިއެއް ހިމެނޭ މަދަހައަކަށް ވާންޖެހޭނެއެވެ.
މި މުބާރާތަށް ކިޔާ މަދަހަ އަކީ މީގެ ކުރިން އެއްވެސް މުބާރާތެއްގައި ކިޔާފައިވާ ނުވަތަ އެއްވެސް ބްރޯޑްކާސްޓިން މީޑިއަމްއެއްގައި ގެނެސްދީފައިވާ މަދަހައަކަށް ވެގެން ނުވާނެ އެވެ. ހުށައަޅާ މަދަހައިގެ ރާގާއި ބާވަތަކީ ކިޔުންތެރިންނާއި ބެލެނިވެރިންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.
ނަމަވެސް، ހުށައަޅާ މަދަހަ އަކީ ދިވެހި އަމިއްލަ ރާގެއްގެ މަދަހައެއް ނަމަ، އެ ރާގު ހެއްދެވި ބޭފުޅެއްގެ އެއްވެސް އިޢުތިރާޒެއް ނެތްކަމުގެ (ނޯ އޮބްޖެކްޝަން) ސިޓީއެއް މަދަހަ އާއެކު ހުށައަޅަން ޖެހޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް