އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން އަަދި އެކްޓަރުން މަސައްކަތްކުރާ ގޮތަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒަށް އައު ފިލްމެއްގެ ޕްރީޕްރޮޑަކްޝަން މަސައްކަތް ފަށައިފިއެވެ. އެގޮތުން “އިބްތިޒާޒް”ގެ ނަމުގައި ގެނެސްދޭ ކުރު ފިލްމު ގެ ފައިނަލް ސްކްރީންޕްލޭގެ މަސައްކަތް ނިންމާލެވިއްޖެ ކަން އެ ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ.

“އިބްތިޒާޒް”ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އެވޯޑް ހޯދާފައިވާ ޑާކް ރެއިންގ ސިނަމޮޓޮގްރާފަރ، އެޑިޓަރ އަދި ހުނަރުވެރި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.

“އިބްތިޒާޒް”ގައި މުހިންމު ރޯލަކުން، ކުޅަދާނަ އެކްޓަރ އަޙްމަދު ސަޢީދު އާއި ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ، “އެހެނަސް”ގެ ލީޑުން ފެނިގެންދިޔަ ހުނަރުވެރި ތަރި މުޙައްމަދު ވިޝާލްގެ އިތުރުން ކުރިއަރަމުން އަންނަ އެކްޓްރެސް އައިޝާ ޢަލީ ފެނިގެންދާނެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ އެންތޮލޮޖީ ސީރީޒްގެ ފިލްމު “ގުޅުން”ގެ މިއުޒިކް މަސައްކަތް ނިންމައިލެވިއްޖެ ކަމަށް އެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.