ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފެއްދަމުން އަންނަ އެންތޮލޮޖީ ސީރީޒް “އިބްތިޒާޒް”ގެ ގެ ލީޑިންގ ކާސްޓް ޕޯސްޓަރުތައް ދައްކާލައިފި އެވެ. އެގޮތުން އެ ފިލްމުގައި ފެނިގެންދާނެ މުހިންމު ތިން ތަރިންގެ ޕޯސްޓަރު ދައްކާލާފައި ވެއެވެ.
“އިބްތިޒާޒް”ގެ ކާސްޓިން ޕޯސްޓަރު އާއްމުކޮށްފައިވާ ތަރިންގެ ތެރޭޭގައި ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ، “އެހެނަސް”ގެ ލީޑުން ފެނިގެންދިޔަ ހުނަރުވެރި ތަރި މުޙައްމަދު ވިޝާލް އާއި ކުރިއަރަމުން އަންނަ އެކްޓްރެސް އައިޝާ ޢަލީގެ އިތުރުން، ބައެއް ފިލްމުތަކުން ފެންނަން ފަށާފައިވާ ހުނަރުވެރި ޕްރެސެންޓަރ އަދި ނޫސްވެރިޔާ އަޙްމަދު ޙަމީދު އާދަމް ހިމެނެއެވެ.



އެވޯޑް ހޯދާފައިވާ ޑާކް ރެއިންގ ސިނަމޮޓޮގްރާފަރ، އެޑިޓަރ އަދި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ހަދާ “އިބްތިޒާޒް”ގެ ފައިނަލް ސްކްރީންޕްލޭގެ މަސައްކަތް ނިންމާލިކަން ހާމަކޮށްފައިވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. މި ފިލްމުވެސް ޑައިރެކްޓްކުރާނީ ޢަލީ ޝިފާޢު (ޗިއްޕެ) ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ ބުނެފައެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒަކީ އެކިއެކި ލިޔުންތެރިން، ޑައިރެކްޓަރުން އަދި އެކްޓަރުންނަށް ފުރުޞަތު ދީގެން އުފައްދާ ކުރު ފިލްމު ސީރީޒެކެވެ.
އެންތޮލޮޖީ ސީރީޒްގެ ފިލްމު “ގުޅުން”ގެ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!