ޢަބްދުލް ރައްޒާޤްގެ “މާޒީގެ ބިތްދޮށް” އަޑުއަހައިފިންދޯ އެވެ. މިފަހަރު އޭނާ ގެނެސްދެނީ “މަރުބަލާ އަންނަ ވަގުތުން ހިފާލައްޗެ އަތުގާ”ގެ ނަމުގައި ގެނެސްދޭ ނިކަން ހިތްގައިމު ދިވެހި ލަވައެކެވެ.

މަރުބަލާ އަންނަ ވަގުތުން ހިފާލައްޗެ އަތުގާ” އަކީ ތ. ހިރިލަންދޫ ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކަށް އިނގިރޭސި ކިޔަވައިދޭ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ ޓީޗަރު، ޢަބްދުލް ރައްޒާޤްގެ ލަވައެކެވެ. މިއީ، ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަދި ޅެންވެރިޔާ ޢީޝާ ޝަރީފުގެ ’ޢީސާ އޮންލައިން ޕޮއެޓްރީ’ން ލަވަފޮށި އެޕްލިކޭޝަންގައި ނެރެފައިވާ ‘ބަލަބަލާ ހުއްޓައޭ’ އަލްބަމްގައި ހިމެނޭ ލަވައެކެވެ. ލަވަ ޚާއްޞަވަނީ ދިވެހި ބަސް ނުދަންނަ ބިދޭސީއެއް، މިހާ ކޮލިޓީކޮށް މި ލަވަ ކިޔާލާފައިވުމުންނެވެ. ލަވަ ހުށައަޅައިދީފައިވާ ލެއް ފުރިހަމަކަމުންނެވެ. ކޮންމެ ލަފުޒެއްގައި އެ ހުރި އަސަރުންނެވެ. ޢީސާ ޝަރީފުގެ އަސަރުން ފުރިފައިވާ މި ޅެމުގެ ފުން އިޙްސާސްތައް ދެގުނައަށް އިތުކޮށްދީފައިވަނީ ރައްޒާޤްގެ އަސަރުގަދަ އަޑުގައި އެހުންނަ ޖާަޒުބިއްޔަތެއްގެ ސަބަބުންނެވެ.

ލަވަ ކިޔުމަށް ވަރުގަދަ ޝަޢުޤުވެރިކަމެއް ހުންނަ ޢަބްދުލް ރައްޒާަޤްގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި “މަރުބަލާ އަންނަ ވަގުތުން ހިފާލައްޗެ އަތުގާ” ލަވަ އާއްމުކޮށްލުމާައެކު ތަޢުރީފުގެ ކޮމެންޓްތައް ވަނީ އޮހެން ފަށާފައެވެ. ދިވެހިބަސް ނުދަންނަ ކިތަންމެ ބަޔަކު، ރައްޒާޤްގެ ހުށައެޅުމަށް ތަޢުރީފުކުރަމުން އެ ގެންދަނީ ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ހުށައެޅުމުގައި ގޮތެއް ހުރީމައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.