❂ މުބާރާތް ހުޅުވައިލެވިފައިވަނީ އުމުރުން 07 އަހަރާއި 65 އަހަަރާއި ދެމެދުގެ ފަރާތްތަކަށް.
❂ މުބާރާތުގައި ބައިވެރިވުމަށް އެދި މުނިއަވަސްގެ ޓެލެގްރާމް ނަންބަރު 7419078 އަށް އައިޑީ ކާޑުގެ ފޮޓޯޖެހި ފަރާތުގެ ކޮޕީއެއް ނުވަތަ ފޮޓޯޖެހި ފަރާތުގެ ފޮޓޯއެއް ފޮނުއްވާ!
❂ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައެޅޭނެ އެންމެ ފަހުގެ ތާާރީޚަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެރޭ 00:00ގެ ކުރިންނެވެ.

❂ ކިޔަވަން ޖެހޭނީ 08 އާޔަތުގެ ދިވެހި ތަރުޖަމާ އެވެ.

❂ މުބާރާތް ސްޕޮންސަރ ކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފައި.

މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މުނިއަވަސް އިން، “ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ނަމުގައި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މިއީ ކީތިރި ޤުރުއާނާ އޭގެ މާނައަށް އަހުލުވެރިކުރުވުމާއި ރީތި ރާގުގައި ޤުރުއާން ތަރުޖަމާ ކިޔުމުގެ ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤުޞަދުގައި މުނިއަވަސް އާއި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ބާއްވާ މުބާރާތެކެވެ.

“ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގައި ބައިވެރިވެލައްވާ ބޭފުޅުން ކީރިތި ޤުރުއާން މުޞްޙަފުން  އެ ބޭފުޅަކު ބޭނުން ސޫރަތެއްގެ ތަރުޖަމާ ހުށައެޅުއްވޭނެއެވެ.

ތަަރުޖަމާ ހުށައަޅަން ޖެހެނީ އާޔަތްތަކުގެ ތަރުޖަމާ އެކަންޏެވެ. މާނައަކީ އާޔަތްތައް ކިޔަވާކަށް ނުޖެހޭނެއެވެ. ތަރުޖަމާ ކިޔަން ފެށުމުގެ ކުރިން ތަރުޖަމާ ކިޔަނީ ކޮން ސޫރަތެއްގެ ކިތައްވަނަ އާޔަތުން ކިތައްވަނަ އާޔަތަށްކަން ބުނެލުމަށްފަހު، ބިސްމި ކިޔައި ތަރުޖަމާ ކިޔަން ފަށާނީ އެވެ. ކިޔަވަން ޖެހޭނީ 08 އާޔަތުގެ ދިވެހި ތަރުޖަމާ އެވެ.

މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ ތަރުޖަމާ ހުށައަޅައިދިނުމަށެވެ.

މުބާރާތަށް ވީޑިއާ ހުށައަޅުއްވަން ޖެހޭ ގޮތާާއި ހުށައަޅުއްވަން ލިބިލައްވާނެ އެންމެ ފަހުގެ ތާރީޚް ފަހުން ހިއްސާ ކުރެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި އައިޑީ ކާޑު ހުށައެޅޭނެ އެންމެ ފަހުގެ ތާރީޚަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެރޭ 00:00ގެ ކުރިންނެވެ.

“ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގެ ޤަވާޢިދާާއި އިތުރު ތަފުޞީލުތައް ފަހުން އާއްމުކުރެވޭނެއެވެ.

މި މުބާރާތް ސްޕޮންސަރ ކުރެއްވުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިލެވިފައެވެ. ސްޕޮންސަރ ކުރެއްވުމާއި މުބާރާތުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9957171 ގުޅުއްވުން އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.