މި ދުވަސްކޮޅު ބޮލީވުޑްގައި އެ ފިލްމެއްގެ ވާހަކަ އެންމެ ގަދައަށް ދެކެވެމުން އަންނަ ޕަދްމާވަތީ ގެ ނަން ޕަދްމާވަތު އަށް ރަސްމީކޮށް ބަދަލުކޮށްފި އެވެ. މި ފިލްމު ޖެނުއަރީ 25 ގައި ރިލީޒް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ޕަދްމަވަތީގެ ނަމުގައި ހިންގި ޓްވިޓާ އެކައުންޓްވެސްމިހާރު މިހާރު ޕަދްމާވަތަށް ބަދަލުކޮށްފައެވެ. މިފިލްމުގެ ނަން ބަދަލުކޮށްފައި މިވަނީ ސެންޓްރަލް ބޯޑު އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން މި ފިލްމު ފާސްކޮށްދިން އިރު ފިލްމުގެ ނަން ޕަދްމާވަތަށް ބަދަލުކޮށްދޭން އެދުމުންނެވެ.

މި ފިލްމު ސިނަމާ ކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް އެދުވަހަށް އެ ފިލްމު ސިނަމާތަކަށް އައިސްފައި ނުވަނީ ސެންސަރު ބޯޑުން އެ ފިލްމު ފާސްކުރުމަށް ހުށައެޅި ލިޔެކިޔުންތައް އަނބުރާ ފޮނުވާލުމާއި ގުޅިގެންނެވެ.

ދީޕިކާ މީގެ ކުރިން  ޕަދްމަވަތީ އާއިބެހޭ ގޮތުން ބުނެފައިވަނީ އޭނާ ޕަދްމަވަތީ ކުޅުމުން އެންމެ އުފާވަނީ އަންހެނަކަށްވެ ހުރެ އެކަހަލަ ތާރީޚީ ފިލްމެއް ކުޅުމަށް ފުރުސަތު ލިބުންކަމަށެވެ. އޭނާއަކީ ތާރީޚީ ކަންތައްތަކަށް ވަރަށް އަހުލުވެރި މީހެއްކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ޕަދްމާވަތު އަކީ 14 ވަނަ ގަރުނުގައި އިންޑިޔާގެ ރާޖަސްތާނުގެ ޝާހީ އާއިލާއިން ހިންގި ބޮޑު ޤަތުރުއާމެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ 164 މިނެޓް ގެ ފިލްމެކެވެ. މި ފިލްމާއި އަކްޝޭ ކުމާރުގެ ފިލް ޕެޑް މޭން އާއި ދިމާވުމުންވެސް ވަނީ އިތުރު ޚަބަރުތަކެއް މީޑިއާގައި ފެތުރިފައެވެ.

ފިލްމުގެ ނަންބަދަލުކޮށްފައި މިވަނީ ފިލްމުގެ ޕޯސްޓަރުތަކާއި ޕްރޮމޯޝަން ވީޑިއޯތައްވެސް ޕަދްމާވަތީ ގެ ނަމުގައި އާއްމުކޮށް އިޝްތިހާރު ކުރިތާ އެތައް ދުވަހެއް ފަހުންނެވެ. ނަން ބަދަލުވިޔަސް ކްރިޓިކްސް އިން ބުނާގޮތުން މިކަމުންވެސް ފިލްމަށް ލިބިގެންދާނީ އިތުރު މަޝްހޫރު ކަމެކެވެ.

ތޭރަ ވަނަ ގަރުނުގެ ރަސްކަމެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ “ޕަދްމާވަތު” ގެ ލީޑް ރޯލް ކުޅެފައި ވަނީ ދީޕިކާ އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަންވީރް ސިންގް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.