ހިންދީ ސީރީޒްތަކުން އާއްމުކޮށް ފެންނަނީ ހަމަ އެއް ވައްތަރެއް ވާހަކަތަކެވެ. ސާސް ބަހޫ (މައިދައިތަ އާާއި ދަނބިދަރި)ގެ ކޯޅުމެވެ. ނުވަތަ ކޮންމެވެސް ޒާތެއްގެ ބަދަލުހިފުންގަނޑެކެވެ. ތަފާތު ސީރީޒެއް ބަލައިލަން ލިބުން މިއީ ހަމަ ގައިމުވެސް ހިންދީ ސީރީޒްތައް ބަލަން ޝައުޤުހުންނަ ފަރާތްތަކަށް ނުލިބޭ ފުރުޞަތެކެވެ.

އެހެން ނަމަވެސް، ސޮނީ ޓީވީން 23 ނޮވެމްބަރު 2020ގައި ދައްކަން ފެށި “ސްޓޯރީ ނައިން މަންތުސް ކީ” އަކީ ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ދައްކަން ފެށި ކާމިޔާބު ސީރީޒެކެވެ. ނަމަވެސް 102 އެޕިސޯޑާ ހަމަައިން މި ސީރީޒް އުފެއްދުން ހުއްޓާލަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

“ސްޓޯރީ ނައިން މަންތުސް ކީ” އަކީ އެއްް އެޕިސޯޑަށް ފަހު އަނެއް އެޕިސޯޑް ބަލައިނުލައި ނުހުރެވޭނެ ފަދަ ޝައުޤުވެރި ސީރީޒެކެވެ. ސީރީޒްގެ ތަފުސީލަކަށް ނުވަތަ ޚުލާޞާއަކަށް ވެސް ދާކަށް ނެެތީމެވެ. ތަފާތު ސީރީީޒެއް ބަލަައިލަން ބޭނުންނަމަ މިއީ ރަނގަޅު ޗޮއިސް އަކަށް ވާނެ ސީރީޒެކެވެ.

ސޮނީ ޓީވީގެ ޔޫޓިއުބް ޗެނަލުން މިހާރުވެސް މި ސީރީޒް ބަލައިލެވޭނެއެވެ. މަައިގަނޑު ތަރިންނަކީ ސްކްރުތީ ކަންޑަޕާލް އާއި އަކްޝޭ މިޝްރާ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.