ފުލޯކް ވާހަކަތަކާއި އިހުގެ ވާހަކަތަކުގައި އުޅޭ ރަސްރަސްކަލުންނާއި އެމްޕެރާރ އިން ވަރަށް ގިނަ އަދަދެއްގެ މީހުންނާ އެއް ފަހަރާ ކައިވެނިބައްލަވައިގެން އުޅުއްވާ ވާހަކަ އަހަރުމެން އަހަމުއެވެ. ނަމަވެސް 21ވަނަ ޤަރުނުގައި މިއީ ޤަބޫލުކުރަން ދަތި، އަދި މީހަކު ކޮށްފާނެ ކަމެއްކަމަށް ޚިޔާލަށް ގެންނަންވެސް ދަތި ކަމެކެވެ. އެހެން ނަމަވެސް މި މުސްކުޅިމީހާ އަކީ ވާހަކަތަކުން އެ އިވޭފަދަ މީހެއް ކަމަށްވެސް ވެދާނެއެވެ.
މި މީހާ ވަނީ 37ވަނަ ކަައިވެންޏެއް ކޮށްފައެވެ. އޭނާގެ މި ކައިވެނި ވަރަށް ޚާއްޞައެވެ. ކައިވެނިކުރީ 28 އަނބިން، 35 ދަަރިން އަދި 126 ކާފަދަަރިންގެ ހާޒިރުގައި ވަރުށް ފޯރިގަދަ ބޮޑު ރަސްމިއްޔާތެއްގައެވެ.
މީގެ ކުރިން މި ފިރިހެންމީހާ ވަނީ އޭނާގެ 36ވަނަ ކައިވެނިކޮށްފައެވެ. އޭނާގެ އެހާ ގިނަ އަދަދެއްގެ ދަރިންނާއި ކާފަދަރިން ތިބީ މި ސަބަބާ ހުރެއެވެ. މިވަގުތުވެސް އެ މީހާގެ 28 އަނބިން ދިރިއުޅެމުން އަންނަނީ އޭނާއާ އެކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”