05 މާޗް 2018 ގައި ޑާކްރެއިން އެންޓަޓެއިންމެންޓުން ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމު ‘ވަކިން ލޯބިން’ ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ވަރަށް އަވަހަށް ނެރޭނެ ކަމަށް އެ ސްޓޫޑިއޯ އިން ހާމަކޮށްފި އެވެ.

ޑާކްރެއިން އެންޓަޓައިމަންޓްގެ ‘ވަކިން ލޯބިން’ ފިލްމުގެ ޕްރޮމޯޝަން ލަވަ އަކީ މަޝްހޫރު ބޭންޑް އިކްއޭޓިކް ވައިބްގެ “ޕަރީ” އެވެ.

މި ފިލްމަކީވެސް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ގެ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މި ފިލްމުގައި ހަ ވަރަކަށް ލަވަ ހިމެނޭ ކަމަށް ވަނީ މަޢޫލޫމާތު ލިބިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ލަވަތައް ވަނީ ސައުންޑްކްލައުޑުގައި އާއްމުކޮށްފަ އެވެ. މިހާރު އާއްމުކޮށްފައިވާ ތިން ލަވައަކީ ސްކޯޒް އޮފް ފްލެއާޒްގެ “ލޯބިން” އާއި އިކްއޭޓިކް ވައިބް ގެ “ޕަރީ” އެވެ. މީގެ އިތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ހަމޫދު އަހުމަދު ކިޔާފައިވާ ލަވަ “ހިތުގެ ނަށާ ރާނީ” ވެސް ހިމެނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.