“ލޭޓް ނައިޓް ސްކްރިޕްޓް ވޯރކް. ގޮއިންގ ނަޓްސް ވި ނަޓްސް. އަނަދަރ ހިއުޖް ޕްރޮޖެކްޓް ކަމިންގ އަޕް.” މިއީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތިމަތު ނަހުލާ ފޭސްބްކް ގައި ކޮށްފައިވާ ޕޯސްޓެއްގައިވާ އިބާރާތްކޮޅެކެވެ. ދަންވަރުގެ ވަގުތުގައި ސްކްރިޕްޓް ގެ މަސައްކަތެއް ކުރާ ވާހަކަ އެވެ. ބޯގޮވާ ވަރު ވަމުން ނަޓް ކަމުން ލިޔަމުންދާ ވާހަކަ އެވެ. އަނެއްކާވެސް ބިޔަ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް އަންނަން އޮތް ވާހަކަ އެވެ.

މަޢުލޫމާތު ލިބޭގޮތުން މިއީ އަންނަ އޭޕްރިލް މަހު ބެލުންތެރިންނާއި ހަމައަށް އަންނާނެ ޕްރޮޖެކްޓެކެވެ. ފިލްމެއް ކަމެއް، ޑްރާމާ ސީރީޒެއް ކަމެއް ނުވަތަ ވެބް ސީރިޒެއް ކަމެއްވެސް އަދި އެއް ނޭނގެ އެވެ. އެނގޭހާވެސް ކަމަކީ މިއީ ބިޔަބޮޑު ޕްރޮޖެކްޓެއް ކަމެވެ.

ނަހުލާ ކޮށްފައިވާ ޕޯސްޓްގައިވާ ފޮޓޯ އިން އެނގުނީ ލިޔަން ފަށާފައިވަނީ ސިނޮޕްސިސް އެއް ކަމެވެ. އެހެންކަމުން ނަހުލާ އެބުނާ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު އިއްޔެ ރޭ އެ ފެއްޓީކަމަށް ޤަބޫލު ކުރެވެއެވެ.

އެނގޭ އެއްކަމެއް އެބައޮތެވެ. ބެލުންތެރިންނާއި ހަމައަށް ނަހުލާ އާދައިގެ މަސައްކަތެއް ނުގެންނާނެ އެވެ. ނަހުލާ ގެ ޓްރެކް ރެކޯޑް ހެކިދެނީ އެގޮތަށެވެ.

ނަހުލާ ބުނާގޮތުން މިއީ ފިލްމަކަށްވުރެން ބޮޑު ޕްރޮޖެކްޓެކެވެ. ނަހުލާ މި ކިޔާ އެއްޗަކީ ކޮން އެއްޗެއްކަން ބަލަން ތިބެމާ ހިނގާށެވެ. އިންތިޒާރު ކުރާކަށް މާކަ ގިނަދުވަހެއްވެސް ނެތެއްނޫންހެއްޔެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.