ފޭސްބްކްގެ ވެރިޔާ މާކް ޒަކްބާގް އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިލެކްޓްރިކް ސަރފްބޯޑެއް ދުއްވި ވީޑިއޯއެއް މިވަނީ ފިސާރި ރަނގަޅަށް ވައިގައި ހިފާފައެވެ.
މާކް ޒަކްބާގްގެ އިންސްޓަގްރާމަށް ދޫކޮށްލި މި ވީޑިއޯއިން ފެންނަނީ އެމެރިކާގެ ދިދައެއް ހިފައިގެން އިލެކްޓްރިކް ސަރފިންގ ބޯޑެއް ދުއްވާ ތަނެވެ. ވީޑިއޯއާއެކު ޒަކްބާގް ލިޔެލާފައިވަނީ “ހެޕީ ފޯރތު އޮފް ޖުލައި” އެވެ. ‘ފޯރތު އޮފް ޖުލައި’ އަކީ އެމެރިކާގެ މިނިވަން ދުވަހަށް ކިޔައި އުޅޭ އާއްމު ނަމެކެވެ.
ކަރަންޓުން ދުއްވާ ފޮއިލް ބޯޑެއްގައި ފެންގަނޑެއް ތެރޭގައި އުމުރުން 37 އަހަރުގެ މެގަ-މިލިޔަނަރު ޒަކްބާގް ސާރފްކުރަމުން ދިޔަ ވީޑިއޯއިން ވެސްޓް ވާރޖިނިއާއަށް ޖޯން ޑެންވަރ ހަދާފައިވާ ޤައުމީލަވަ “ޓޭކް މީ ހޯމް، ކަންޓްރީ ރޯޑް”ގެ އަޑު އިވެމުންދެއެވެ.
ފޭސްބްކްގެ އިތުރުން އިންސްޓަގްރާމްގެ ވެސް ވެރިއަކީ ޒަކްބާގް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!