އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސާގަރިކާ ޣޯސް ލިޔުނު ފޮތް “އިންދިރާ: އިންޑިއާސް މޮސްޓް ޕަވަރފުލް ޕްރައިމް މިނިސްޓަރ” ގެ ރައިޓްސް ގަނެ، މަޝްހޫރު ބަޠަލާ ވިދްޔާ ބާލަން އެ ފޮތަށް ބިނާކޮށް ފިލްމެއް ހެދުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ސާގަރިކާ ގެ މި ފޮތަށް ބިނާކޮށް ވިދްޔާ ފިލްމެއް ހަދާތީ އޭނާ ހުރީ އުފަލުން ނެވެ. ސާގަރިކާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިންދިރާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ވިދްޔާ ބާލަން ފެންނާތީ އުފާވާ ކަމަށެވެ. ހަމަ އެހެންމެ ވިދްޔާ ވެސް ހުރީ މިފަދަ ފިލްމެއްގައި އެފަދަ ސަޚްސިއްޔަތެއްގެ ރޯލު ކުޅެވޭތީ އެހާމެ އުފަލުންނެވެ. ވިދްޔާ ބުނެފައި އޭނާ ހުރީ އިންދިރާ ގާނދީގެ ބައި ކުޅޭ ހިތުން ކަމަށާއި އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ. ވިދްޔާ ބުނީ އޭނާ މި ވާހައަކަށް ހަދާނީ ފިލްމެއް ކަމެއް އަދި ވެބް ސީރީޒެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަމަށް ވަގުތު ނަގާނެ ކަމަށް ވިދްޔާ ބުންޏެވެ.
ވިދްޔާ ބާލަން އަންނަނީ ވަރުގަދަ ސަޚްޞިއްޔަތުތައް ހިމެނޭ ފިލްމުތައް ކުޅެމުންނެވެ. އެގޮތުން 2005 ގައި ރިލީޒްކުރި ‘ޕަރިނީތީ’ އާއި 2017 ގައި ރިލީޒްކުރި ‘ބޭގަމް ޖާން’ ފާހަގަކޮށްލެވެ އެވެ.
އިންދިރާ ޕްރިޔަދަރްޝިނީ ގާންދީ (އިންދިރާ ގާންދީ) އަކީ އިންޑިއާގައި މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ބޮޑުވަޒީރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި