އެސް ޕްރޮޑަކްޝަން އާއި މާސްކޭ ސްޓޫޑިއޯގެ ފިލްމު “އަނދިރިކަން” މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުގައި ސްޓްރީމްކުރަން ފަށައިފިއެވެ. 2020 ވަނަ އަހަރު އޮލިމްޕަހަށް ރިލީޒްކުރި “އަނދިރިކަން” މިއީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
“އަނދިރިކަން” ފިލްމަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ އަންހެން ލީޑްގައި ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ ހަރަކާތްތެރިވެއެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަޙްމަދު ސަޢީދު، މަރިޔަމް ޝަކީލާ އަދި މުޙައްމަދު ރަޝީދު (ދަރާ) ހިމެނެ އެވެ.
އަސަރުގަދަ މަންޒަރުތަކެއް ހިމެނޭ “އަނދިރިކަން” ގައި ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައުގައިވެސް ދެމަފިރިންގެ ދެމެދުގައި ކުރިމަތިވާ މުހިންމު މައްސަލައެކެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޒަރީރު އެވެ. ކެމެރާކުރީ ހުނަރުވެރި ކެމެރާމަން އަޙްމަދު މޫސާ (ދަބަ)އެވެ.
ފިލްމު “އަނދިރިކަން” މިއީ ރަނގަޅު ސަސްޕެންސެއް ހިމެނޭ، ޢިބްރަތްތެރި މެސެޖްތަކެއްވެސް ލިއްބައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ރަނގަޅު އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ. މި ފިލްމުގައި ހުރިހާ ތަރިންް ދައްކާފައިވަނީ ވެސް ހުނަރުވެރި އެކްޓިންއެކެވެ.
“އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް