ދިވެހި ތާރީޚް ދިރާސާކުރައްވައި، ދިވެހި ޖީލުތަކަށް ތާރީޚީ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމުގެ ރޮނގުން އެންމެ ފުންނާބު އުސް އެއް ބޭފުޅެއް ކަމަށްވާ އަލްފާޟިލް މުޙައްމަދު ޝާޠިރާއެކު މުނިއަވަސް އިން، ތާރީޚީ މަޢުލޫމާތު ފޯރުކޮށްދިނުމަށް “ޝާޠިރުގެ ދުލުން – އިއްޔެ” މި ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނައިބު، މުޙައްމަދު ޝާޠިރު މަޢުލޫމާތު ދެއްވާ “ޝާޠިރުގެ ދުލުން – އިއްޔެ” ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ 08 އޯގަސްޓް 2021 (01 މުޙައްރަމް 1443) ވަނަ ދުވަހުގެ ރޭ 09:00 އިން 10:00 އާ ދެމެދުގައެވެ. މި ޕްރޮގްރާމު ފެށުމުގެ ގޮތުން ޝާޠިރު ނަންގަވާފައިވާ މަޢުޟޫއަކީ މި ތާރީޚާއި އެންމެ ގުޅުން ހުރި މަޢުޟޫއެވެ.

“އިސްލާމް ދިވެހި ޤައުމަށް 895 އަހަރު!” މި މަޢުޟޫގައި ޝާޠިރުގެ އަގުހުރި ތާރީޚީ ޚަޒާނާއިން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާނެއެވެ.

“އިސްލާމް ދިވެހި ޤައުމަށް 895 އަހަރު!” މި އިވެންޓްގެ ލިންކް:-

https://www.clubhouse.com/join/muniavas-news-desk/iPhr1Sif/xnkNQjBX

އިސްލާމް ދީނާއި ޤައުމިއްޔަތާއި ދިވެހި ތާރީޚާއި ގުޅުންހުރި އަގުހުރި، މޭވަވެތި މަޢުލޫމާތުތަކެއް ލިބިގެންދާނެ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.