އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މާޗް 5 ގައި ރިލީޒް ކުރާ ފިލްމް “ވަކިން ލޯބިން” ގެ ޓިކެޓް އޮންލައިންކޮށް ބުކްކުރަން ފަށައިފި އެވެ.
‘ވަކިން ލޯބިން’ ފޭސްބްކް ޕޭޖްގައި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އޮންލައިންކޮށް ޓިކެޓް ބުކިންހެއްދުން ހުޅުވާލެވިފައި ވާކަމަށެވެ. އަދި ޓިކެޓް ބުކް ކުރުމަށް ވަކިން ލޯބިން ޕޭޖަށް ވަދެ ގުޅޭނެ ނަންބަރާއި ޓިކެޓް ބޭނުންވާ އަދަދު ފޮނުވުމަށް އެދިފައި ވެއެވެ.
މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ. ފިލްމްގެ ބައެއް ލަވަތައް މިހާރު ސައުންޑްކްލައުޑުގައި ވަނީ ޢާއްމުކޮށްފަ އެވެ. އަދި މި މަހުގެ 18 ގައި ފިލްމުގެ ޕްރޮމޯޝަން އަށް އެކުއަޓިކް ވައިބްސް ގެ ‘ޕަރީ’ ލަވައިގެ ވީޑިއޯ ނެރޭނެކަމަށް ވެސް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެ އެވެ.
މި ފިލްމުގެ ގައި ގިނަ ތަރިންތަކެއް ފެންނައިރު ލީޑްރޯލުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް އާއި މަޖްދާ އެވެ. މީގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ ނުޒުހަތު ޝުޢައިބް ވެސް މި ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!