މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) އާއި ވީޑިއޯގްރާފަރް މުޙައްމަދު ނަޝީދު (ބޭބީ) އިންތިޒާމުކޮށް ގެނެސްދިން “މިނިވަން އުފާ ޓިކްޓޮކް މުބާރާތް 2021″ގެ ފަޚުރުވެރި އެއްވަނަ “ޓީމް އީޒިކްސް” އިން ހޯދައިފިއެވެ.

“ޓީމް އީޒިކްސް” އިން އެއްވަނަ ހޯދާފައިވާއިރު، ގަދަ 10ގެ ވަނަތައް ހާސިލްކޮށްފައިވަނީ “ޓީމް ފެބް 4” އިން އުފެއްދި 05 ޓިކްޓޮކް ވީޑިއޯއާއި، “ޓީމް އީޒިކްސް” އިން އުފެއްދި 03 ވީޑިއޯއާއި، އިބްރާހީމް ނިޔާޒްގެ ޓިކްޓޮކް ވީޑިއޯ އަކާއި އަދީ އިސްމާޢީލް ސަޢީދު ހެދި ޓިކްޓޮކް ވީޑިއޯ އެކެވެ.

މި މުބާރާތުގައި ބައިވެރިވެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލުކުރުން މިމަހު 13 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

“މިނިވަން އުފާ ޓިކްޓޮކް މުބާރާތް 2021” މުބާރާތުގައި ބައިވެރިވި ފަރާތްތަކުން އެއްވަނައަށް އައި ފަރާތަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މީގެ އިތުރުން ގަދަ 10 ން ވަނަތައް ހޯދި ފަރާތްތަކަށް ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މި މުބާރާތަށް ހުށައެޅި ވީޑިއޯތަކަކީ މިނިވަން ދުވަހާއި ގުޅުންހުރި އަދި ގައުމީ ދިދައިގެ ކުލަތަކާއި ސަގާފީ ހެދުންތައް ބޭނުންކޮށްފައިވާ ވީޑިއޯ ތަކެކެވެ. ވީޑިއޯތަކުގައި ގައުމީ ވަންތަ ލަވައާއި މިނިވަން ދުވަހުގެ ޝިއާރުތައް ހިމަނާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.