ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ އިތުރުން އަލަށް ފިލްމު އުފެއްދުމަށް ނުކުންނަ ޕްރޮޑަކްޝަނަކާ ގުޅިގެން އުފެއްްދުމަށް ތައްޔާރުވަމުން އަންނަ 52 އެޕިސޯޑްގެ ވެބް ސީރީޒަށް ކުރިމަތިލި ފަރާތްތަކަށް އޮޮޑިޝަނެއް ބާއްވައިފި އެވެ. މިމަހު 12 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 12 އެކްޓަރުންގެ އޮޑިޝަން ހަދާފައިވެއެވެ.

އޮޑިޝަންގެ މަޢުލޫމާތު މުނިއަވަސް އަށް ދެމުން ހުނަރުވެރި އެކްޓަރ/ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ބުނީ މާލޭގައި ތިބި 12 ކުދިންގެ އޮޑިޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ދެން މި ސީރީޒަށް ކުރިމަތިލި ކުދިން ތިބީ މާލެއިން ބޭރުގައި ކަމަށެވެ. ނަމަވެސް މީގެ އިތުރުންވެސް ކުދިން ކޮޅެއް މާލޭގައިވެސް އެބަ ތިބި ކަމަށާ އެކުދިންނަށް ވެސް ފުރުޞަތު ދޭނެ ކަމަށެވެ.

އޮޑިޝަންގައި ބައިވެރިވި 12 ކުދިންނަށް ވެސް ފުރުޞަތު ދޭން ނިންމާފައިވާކަން ހާމަކުރަމުން ޔޫއްޕެ ބުނީ ކުދިންނަށް ދޭ ރޯލުތައް ބަހައިލަން އެނގޭނީ ކުދިންގެ އެކްޓިންގެ ފެންވަރަށް ބަލާފައި ކަމަށެވެ. މީގެ އިތުރުން އެ ކުދިންނަށް ފުރުޞަތު ދޭނެ ކަމަށާ ދޭ ފުރުޞަތުގެ ބޭނުން ކުރުމާއި ނުކުރުން އެއީ އެކުދިންގެ ކަމެއް ކަމަށެވެ.

“އެކުދިންގެ ކަމެއް އަޅުގަނޑު ދޭ ރޯލު ކުޅޭނަންތޯ ނުކުޅޭނަންތޯ ބުނުން އެއީ. އަޅުގަނޑު ދޭނަން ފުރުޞަތު. ފެނިގެއްލޭ ކަހަލަ ފުރުޞަތެއް ނޫން ދޭނީކީ. އެކުދިންނަށް ދޭ ރޯލު ނުކުޅެވިއްޖެއްޔާ ޗޭންޖެއްވެސް ގެންނާނީ.” ޔޫއްޕެ ފާހަގަކުރިއެވެ.

“އަޅުގަނޑުމެން ސޮއިކުރުމުގެ ރަސްމިއްޔާތެއްވެސް ބާއްވާނަން. އެ ރަސްމިއްޔާތުގަ އަޅުގަނޑުމެން އިއުލާނުކޮށްލާނަން އެކުދިން ޕްރޮމޯޓްކުރުމުގެ ފުރުޞަތު ރަސްމީކޮށް މުނިއަވަސް އަށް ދިންކަން ވެސް.” ޔޫއްޕެގެ ވިސްނުން ހުރީ މި ސީރީޒްގައި ބައިވެރިވެފައިވާ ކުދިންގެ ޕްރޮމޯޝަނަށް މުނިއަވަސް އާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުންކަން ފާހަގަކުރަމުން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.