ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ފަށާފައިވާ “ޝާޠިރުގެ ދުލުން – އިއްޔެ” ސިލްްސިލާގެ ދެވަނަ އެޕިސޯޑް މިމަހުގެ 16ވަނަ ދުވަހުގެ ރޭ 10:00ގައި ގެނެސްދިނުމަށް ތާވަލްކޮށްފިއެވެ. މަޢުޟޫއެއްގެ ގޮތުގައި “ދިވެހީންނާއި މިޔުޒިކު، ކަަނޑައަޅައިގެން ގެނެސްދޭ މި އެޕިސޯޑްގައި ރާއްޖޭގެ މިއުޒިކީ ތާރީޚްގެ 1000 އަހަރަށް ވަރަށް ތަފުޞީލުކޮށް އަލިއަޅުވައިލައްވާ، މުހިންމު މަޢުލޫމާތު ތަކެއް ދެއްވާނެ ކަމަށް ޝާޠިރު ވިދާޅުވެއެވެ.

މި ޕްރޮގްރާމުގައި ރާއްޖޭޭގެ މިއުޒިކީ ތާރީޚާއި ގުޅޭގޮތުން މިހައިތަނަށް އާއްމުވެފައި ނުވާ، ވަރަށް މުހިންމު މަޢުލޫމާތުތަކެއްވެސް ހިއްސާކުރައްވާނެ ކަމަށްވެސް ޝާޠިރު އިތުރަށް ވިދާޅުވިއެވެ.

ދިވެހީންނާއި މިޔުޒިކު، މި އެޕިސޯޑްގައި ދިވެހި މިއުޒިކުގެ ތާރީޚާ ގުޅުންހުރި ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާނެއެވެ. އެގޮތުން އެންމެ ކުރިން ފެށިގެން އަދާއި ހަމައަށް މިއުޒިކުގެ ކަންކަމަށް ތާރީޚީ ނަޒަރަކުން ބައްލަވައިލައްވާނެއެވެ. އެހުންތެރިންްނަށް ސުވާލުކުރުމުގެ ފުރުޞަތުވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ހުށައެޅުމުގައި މުނިއަވަސް އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޢީސާ އޮންލައިން ޕޮއެޓްރީގެ ފަރާތުން ބައިވެރިވާނެއެވެ. އެގޮތުން މި ޕްރޮގްރާމަކީ ހަމައެކަނި ވާހަކަތަކެއް ގެނެސްދޭނެ ޕްރޮގްރާމެއްގެ އިތުރުން، މިއުޒިކުގެ ތާރީޚް ގެނެސްދިނުމުގައި ލޮނުހެޔޮވަރުކޮށްލުމަށް ފަންނީ އޯޑިއޯ ކްލިޕްްތަކެއް އިއްވައިލާނެއެވެ. ޕްރޮގްރާމު ހުށައެޅުމުގައި ޢީސާ ޝަރީފު ވެސް ބައިވެރިވެލައްވާނެއެވެ.

ދިވެހީންނާއި މިޔުޒިކު، “ޝާޠިރުގެ ދުލުން – އިއްޔެ“ގެ ލިންކް:-

https://www.clubhouse.com/join/muniavas/jxP3k7dw/xV7bRWOz

ދިވެހި ތާރީޚް ދިރާސާކުރައްވައި، ދިވެހި ޖީލުތަކަށް ތާރީޚީ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމުގެ ރޮނގުން އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ޝާޠިރު އަށް ޚާއްޞަކޮށްގެން “ޝާޠިރުގެ ދުލުން – އިއްޔެ” ނަމުގައި މުނިއަވަސް އިން މި ސިލްސިލާ ފެށީ 08 އޯގަސްޓް 2021 (01 މުޙައްރަމް 1443) ވީ އާދީއްތަ ދުވަހުގެ ރޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.