– ފުރަތަމަ ޝޯވގެ ޚާއްޞަ މެހެމާނު އަކްޝޭ ކުމާރު، އޭނާގެ ފިލްމު “ބެލް ބޮޓަމް” އިޝްތިހާރު ކުރާނެ.
ސޮނީ ޓީވީން ދައްކަމުން އައި މަގުބޫލު ޝޯވ “ދަ ކަޕިލް ޝަަރުމާ ޝޯވ” މި މަހުގެ 21 ގައި ފަށާނެކަން ކަށަވަރުކޮށްދީ، ޝޯވގެ ފުރަތަމަ އެޕިސޯޑްގެ ރަސްމީ ޕްރޮމޯ އާންމުކޮށްފި އެވެ. މި ޝޯވ ދެއްކުން މެދުކަނޑައިލީ މި އަހަރު ފެބްރުއަރީ މަހުގައެވެ.
“ދަ ކަޕިލް ޝަަރުމާ ޝޯވ” މި މަހު 21 ގައި ފަށާނެ ކަން އިޢުލާނުކުރީ ސޮނީގެ “އިންޑިއަން އައިޑޮލް” ސީޒަން 12 ނިންމައިލަމުންނެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން “ކަޕިލް ޝަރުމާ ޝޯވ” ދައްކަން ފަށާނެކަން ޔަޤީން ވެފައިވާއިރު، އެ ޝޯވގެ ޕްރޮމޯއެއް ކަޕިލް ޝަރްމާގެ އިންސްޓަގްރާމްގައި ވެސް ވަނީ ހިއްސާކޮށްފައެވެ.
View this post on Instagram
“ދަ ކަޕިލް ޝަަރުމާ ޝޯވ”ގެ ފުރަތަމަ އެޕިސޯޑްގެ ޚާއްޞަ މެހުމާނަކީ އަކްޝޭ ކުމާރެވެ. މި ޝޯވގައި އަކްޝޭގެ “ބެލް ބޮޓަމް”ގެ ވާހަކަތައް ހިއްސާކުރާނެއެވެ. އަކްޝޭއާ އެކު ފިލްމުގެ ބައެއް ކާސްޓުން ވެސް ޝޯވ އިން ފެންނާނެ އެވެ. އޭގެ ތެރޭގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ ހިމެނެ އެވެ.
ފިލްމު “ބެލް ބޮޓަމް” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ގައެވެ.
މިފަހަރު ގެ ޝޯވ ތަކުގައި އަރުޗަނާ ޕުރާން ސިންގ ޖަޖަކަށް ބައިވެރިވާއިރު ކޮމޭޑިއަން ސުދޭޝް ލަހީރީ ވަނީ ކަޕިލް ޝަރުމާގެ ޓީމާ ގުޅިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟