ބޮލީވުޑް ސުޕަރ-ސްޓަރ ސަލްމާން ޚާނާއެކު ޑައިރެކްޓަރު އަނީސް ބަޒްމީ ފިލްމެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން މީގެ ދެ ދުވަހެއް ކުރިން ވަނީ ބުނެފައެވެ. ޕިންކްވިލާގެ ރިޕޯޓުގައި ވަނީ ޑައިރެކްޓަރު އަނީސް ބަޒްމީ ވަނީ ސަލްމާނާއެކު ކޮމެޑީ ފިލްމެއް ތައްޔާރުކުރަން ހަމަޖެހިފައިކަމަށެވެ.
އެހެންނަމަވެސް ބަޒްމީ ވަނީ އޭނާ ސަލްމާނާއެކު އެކަހަލަ އެއްވެސް މަޝްވަރާއެއް ނުކުރާ ކަން ކަށަވަރު ކޮށްދީފައެވެ. ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއު އެއްގައި ބަޒްމީ ބުނެފައިވެއެވެ. “މި ޚަބަރަކީ އަހަރެން އަޖާއިބުކޮށްލި ޚަބަރެއް! އަހަރެންނާއި ސަލްމާން ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިއްޖެ ކަމަށް ބުނާއިރު އަހަރެންނަށް ވެސް ނޭނގޭ! މި ޚަބަރެއް ލިޔުނު ބަޔަކު ނިކަން ބުނެބަލަ ދެން ވެސް ފިލްމު ނެރޭނެ ދުވަހަކާ ޝޫޓިންގ ފަށާނެ ދުވަހެއް ވެސް! އޭރުން އަހަރެން އެއްވެސް ކަމެއް ނުކޮށް ސަލާމަތް ވީނު؟ ނޫނޭ ހަމަ ތެދެއް! އަހަރެންނާ ސަލްމާނާ ދެމެދު ފިލްމެއްގެ މަޝްވަރާއެއް ނުހިނގާ!”
އަނީސް ވާހަކަ ދައްކަމުން އިތުރަށް ބުނެފައިވެއެވެ. “އަހަރެންނާ ސަލްމާނާ މިއީ ވަރަށް ކުރީއްސުރެ ގާތް ގުޅުމެއް އޮންނަ ދެ މީހުން! މީގެ 16 އަހަރު ކުރިން ސަލްމާން ވަނީ އަހަރެންގެ ‘ނޯ އެންޓްރީ’ ގައި ރަނގަޅު އެކްޓިންގ އެއް ދައްކައިދީފައި. ދެން އޭގެ ފަހުން ފިލްމު ‘ރެޑީ’ ވެސް ވެގެން ދިޔައީ ސުޕަރހިޓް ފިލްމަކަށް! ‘ރެޑީ’އަށް ފަހު އަހަރެމެން ދެ މީހުން އެއްކޮށް އަދި މަސައްކަތެއް ނުކުރަން! ދުވަހަކުވެސް ނުކުރާނަމެކޭ ނޫން! އަހަރެން ބޭނުން އަދިވެސް ސަލްމާނާއެކު ފިލްމެއް ހަދަން! އެކަމަކު އަދި އެކަހަލަ އެއްވެސް ވާހަކައެއް ނުދެކެވޭ!”
ފިލްމު “ނޯ އެންޓްރީ” ވަރަށް ކާމިޔާބު ފިލްމަކަށް ވެގެން ދިއުމުން އަނީސް ބާޒްމީ އޭގެ ސީކުއެލްއެއް ހަދަން ބޭނުންވިއެވެ. ނަމަވެސް ސަލްމާން އެކަމާ ދެކޮޅު ހެދީ އެ ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ސަބަބުންނެވެ. އެއީ ސަލްމާނާއި ބޯނީ ކަޕޫރުގެ ގުޅުން މިހާރު އެހާ ރަނގަޅު ނޫން ވީމައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
-
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 އޮކްޓޯބަރ 2021ޚަބަރު2 މެޗުން މޮޅުވެ ނޭޕާލް ތާވަލުގެ އެއްވަނައަށް!
- 4 އޮކްޓޯބަރ 2021ޚަބަރުއިންޑިއާގެ ފުރަތަމަ މެޗު އެއްވަރުވެއްޖެ!
- 1 އޮކްޓޯބަރ 2021ޚަބަރުފަހު ވަގުތު ލީޑް ނަގައި ނޭޕާލުން ރާއްޖެ ބަލިކޮށްފި!
- 1 އޮކްޓޯބަރ 2021ޚަބަރުފުރަތަމަ މެޗުން ބަނގްލަދޭޝްއަށް 3 ޕޮއިންޓް!