މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާގެ އެކިއެކި ހާއްސަ ކަންކަމާގުޅިގެން ހެދުމަށް ބޭނުންވާ ޕޯސްޓަރު އަދި ވީޑިއޯކްލިޕް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ވެލިދޫ ކައުންްސިލުން ކޮށްފައިވާ އިއުލާނުގައި ބުނީ 25 އޮގަސްޓް 2021 ން 31 ޑިސެމްބަރ 2021ގެ ނިޔަލަށް ވެލިދޫ ކައުންސިލުން އެކިއެކި ހާއްސަ ކަންކަމާގުޅިގެން ހެދުމަށް ބޭނުންވާ ޕޯސްޓަރ އަދި ވީޑިއޯކްލިޕް ތައްޔާރުކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 24 އޮގަސްޓް 2021ވާ އަންގާރަ ދުވަހުގެ 10:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.

އަންދާސީ ހިސާބުގައި ހިމަނަންވާނެކަންކަން:

  1. ޕޯސްޓަރެއް ތައްޔާރުކޮށްދެވޭނެ އަގު
  2. ވީޑިއޯ ކްލިޕް – މިނެޓަކަށް ނަގާނެއަގު

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާގެ ލިޔުން.
  2. ވެރިފަރާތުގެ ބަދަލުގައި މީހަކު އަންދާސީ ހިސާބު ހުށަހަޅާނަމަ، އެކަން ބަޔާންކުރާ ސިޓީ

އަންދާސީ ހިސާބުތަކަށް މާކްސްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލީ ތާވަލެއްވެސް މި އިއުލާނާއެކު އާއްމުކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.