ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދިވެހި އަދި އިނގިރޭސި ބަހުން ޚަބަރު، އިޝްތިހާރު އަދި ޕަބްލިކް ރިލޭޝަންސް ގެ ތަފާތު އެކި މަސައްކަތް ކޮށްދޭނެ މީޑިއާ ޕާޓްނަރެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޓޭޗްމަންޓްގައިވާ ޓީ.އޯ.އާރާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށާއި އަންދާސީ ހިސާބާއެކު އެޓެޗްމްންޓްގައިވާ ޗެކް ލިސްޓް ފުރިހަމަކުރައްވައި ފޮނުއްވުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މަޢުލޫމާތު ސާފުކުރުން:

  1. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި  މިއޮތޯރިޓީގައެވެ. މި ބައްދަލުވުމުގައި ކުރެވޭ ސުވާލުތަކަށް ދެވޭ ޖަވާބު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

  1. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޮންފަރެންސް ރޫމްގައެވެ. 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
  1. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކި ވަކިން 2 ސިޓީއުރައިގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފޯނު ނަމްބަރު: 3336619 އަށް ގުޅުއްވުމަށް އެދެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.