ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާ ކޮމެޑީ ވެބް ސީރީޒް “ގިރިދާ”ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ހުނަރުވެރި ފިލްމީ ތަރި، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ “ގިރިދާ”ގެ ޓްރެއިލާއިން ފެނިގެންދަނީ ފިލްމީ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުންނަ ބައެއްގެ ދިރިއުޅުން، މަޖާ ގޮތަކަށެވެ.
ސީރީޒްގެ ލީޑު ރޯލުގައި ހަރަކާތްތެރިވާ ޢަލީ އުސާމް (ދޮނާ) ބުނީ، ސީރީޒް ބަލާފައި ނުހީ ނުތިބެވޭނެ ވަރުގެ މަޖާ މަންޒަރުތައް ހުންނާނެ ކަމަށެވެ.
ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައިވެސް މަސައްކަތް ފަށާފައިވާ ދޮނާގެ އިތުރުން މި ސީރީޒުން ފެންނާނެ މުހިންމު ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެއެވެ.
މި ސީރީޒުން ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ އެޕިސޯޑަކުންވެސް އައު އަންހެން ތަރިއެއް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މިގޮތުން ޓިކްޓޮކްގައި ވިދައިލި ތަރިންތައް މީގެ ތެރޭގައި ހިމެނޭނެއެވެ.
މީޑިއާ ނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުން ދައްކަަން ހަމަޖެހިފައިވާ ”ގިރިދާ“ އަކީ އެހެން ސްޓައިލެއްގެ ކޮމެޑީއެއް ކަމަށާ ސިޓްކޮމްގެ ސިފަތަކާާއި އާއްމު ކޮމެޑީގެ ސިފަތައްވެސް އޭގައި ހުންނާނެ ކަމަށްވެސް ޔޫއްޕެ ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
