ޔޫއްޕެ ޕްރޮޑަކްޝަންގެ ކާސްޓިން ކޯލްގެ ފުރަތަމަ ބެޗްގެ ފޮޓޯ ޝޫޓަކާއި އައުޓްފިޓް ޓްރަޔަލް އެއް މިމަހު 07 ގައި ފަށައިފިއެވެ.

“މިމަހު ކުރީކޮޅު ބޭއްވި ކާާސްޓިން ކޯލް އޮޑިޝަންގެ ފުރަތަ ބެޗުން ހޮވުނު ހުރިހާ ކުދިންގެ ޕޯޓްފޯލިއޯ ޝޫޓްސްތައް މި ހަފުތާގަ ފަށަންވެގެން މިއަދު އެކުދިންތައް އައުޓްފިޓް ސެލެކްޝަންތަކާ އެ ހުރިހާ ކަމަކަށް ދާން ފަށައިފި.” ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރ އަލީ އުސާމް (ދޮނާ)، މުނިއަވަސް އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެެއްގަައި ހާމަކުރިއެވެ.

“އެގޮތުން ފުރަތަމަ ބްރޭންޑެއްގެ ގޮތަށް ނޫނީ ފުރަތަމަ ހުރިހާކުދިން ދައްކާލާ އައުޓްފިޓަކީ ރާއްޖެއަށް އަލަށް ތަޢާރަފްވި ‘ޗިޗެކް ކްލޯތިން ބްރޭންޑެއް ކަމަށްވާ ރައުފަތުގެ ޗިޗެކް ކްލޯތިން ބްރޭންޑް’.” ދޮނާ އިތުރަށް ބުނީ  ޗިޗެކް ބްރޭންޑް ނެގީ ކާސްޓިން ކޯލްގެ ފުރަތަމަ ބެޗްގެ ކުދިންނާ އެންމެ ގުޅޭ ވައްތަރުގެ ހެދުންތައް ރައުފަތުގެ ކްްލޯތުސް ޝޮޕުން ލިބޭތީ ކަމަށެވެ.

“ބެޗް ވަންގެ ފޮޓޯ ޝޫޓްސްތައް މި ވީކް ތެރޭގަ ފަށަމުންދާނެ، އޭގެ އިތުރުން ހަމަ ހުރިހާ ކާސްޓުންނާ ޕްރޮޑަކްޝަން ޓީމުން މި މަސައްކަތްކުރަނީ ކޮންމެ ކުއްޖެެއްގެ ތުރީ ޑިފަރެންޓް ކޮންސެޕްޗުއަލް ޕޯޓްފޯލިއޯ ޝޫޓްސްތަކެއް ހަދާލަން، ބިކޯޒް އިން ފިއުޗަރ އިރާދަކުރެއްވިއްޔާ މި މަސް ނިމޭކޮޅު އަޅުގަނޑުމެން ވަރަށް ބޮޑު ސަޕްރައިޒެއް ނެރެން އުޅޭތީ އެހެންވެ އެއާ ގުޅިގެން މި ޕޯޓްފޯލިއޯ ޝޫޓްސްތައް ހަދާލަނީ.” ފޯޓޯ ޝޫޓްގެ އިތުރު ތަފުސީލު ދެމުން ދޮނާ ހާމަކުރިއެވެ.

“ދެން ފުރަތަމަ ބެޗްގެ ފަސް ކުދިންގެ ހެދުންތައް މިހާރު ނިމިފަ އިނީ. އެއީ ޗިޗެކް ކްްލޯތިން ބްރޭންޑެއް. ދެން ޚާއްޞަ ޝުކުރެއް ރައުފަތަށް އަދާކޮށްލަން.” ދޮނާ ފާހަގަކުރިއެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ތިބީ ރާއްޖޭގެ އެހެން ކްލޯތިން ބްރޭޭންޑް ތަކަށްވެސް މިފަދަ ފަހި ފުރުޞަތެއް ހުޅުވައިލަން ތައްޔާރަށެވެ.

“ޔޫއްޕެ ޕްރޮޑަކްޝަނާ އެފިލިއޭޓްވާން ބޭނުން ވަންޏާ އަޅުގަނޑުމެންނާ ބައްދަލުވެ، އަޅުގަނޑުމެންގެ ފަރާތުން އެ ބޭފުޅުންނަށް، އަދި އެ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި އެފަދަ ފަރާތްތަކަށް އިތުރު އެކްޕޯޝަރ ދިނުން އެއީ އަޅުގަނޑުމެންގެ އެއް ޓާގެޓް.” ހަމަ ގައިމުވެސް ޔޫއްޕެ ޕްރޮޑަކްޝަނުން މި ހުޅުވައިލީ ރަނގަޅު ފުރުޞަތެއްކަން ދޮނާގެ ވާހަތަކުން އެނގިގެން ދެއެވެ.

މިމަހު ހަތްވަނަ ދުވަހުން ފެށިގެން ބައިސްކޯފުގައި ޔޫއްޕެ ޕްރޮޑަކްޝަންގެ ކޮމެޑީ ވެބް ސީރީޒް “ގިރިދާ” ސްޓްރީމްކުރަން ފަށާފައިވާއިރު، މިހާރު ޔޫއްޕެގެ ޓީމުން ތައްޔާރުވަމުން ދަނީ ވަރުގަދަ ދިގު ސީރީޒެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.