‏ ކޮވިޑާ ހެދި، މިދިޔަ މަހު 28 ގައި ނޮޅިވަރަން މޮނިޓަރިންގގެ ޙާލަތަށް ގެނައި ފަހުން މިހާތަނަށް ވަނީ 225 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ނޮޅިވަރަމްގެ މީހުން ގޭގައި ތިބެން ޖެހިފައިވާއިރު، އެކި މީސްމީހުންގެ މަސައްކަތްތައް ހުއްޓި، ގިނަ ބައެއްގެ އާމްދަނީ ލިބުން ވަނީ ހުއްޓިފައެވެ.

އެހެންނަމަވެސް އަވައްޓެރި ރަށްތަކުން އަންނަނީ ތަކުރާރުކޮށް ތަފާތުގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކުޅުދުއްފުށި، ހިރިމަރަދޫ އަދި ނެއްލައިދޫ ފާހަގަކޮށްލެވެއެވެ.

ނޮޅިވަރަމަށް ދިމާވެފައިވާ މި ހިތާމަވެރިކަމަށް އިތުރު ހިތާމައެއް މިއަދު ވަނީ ލިބިފައެވެ. އާދެ ނޮޅިވަރަމުގައި ކަރަންޓް ކެނޑިފައި ވާތާ މިހާރު 3 ގަޑިއިރު ވެދާނެއެވެ. ކަރަންޓަކީ މިއަދު އެންމެ މުހިންމު އަސާސީ ހިދުމަތެވެ.

ޚާއްސަކޮށް ގޭގައި ބަންދުވެފައި ތިބެން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައެވެ. ރަށުގެ ގިނަ ބޭފުޅުން ފާހަގަކުރައްވާ ގޮތިގައި މިއީ ރިހޭ ފައިމައްޗަށް ފޮއިވެއްޓުންފަދަ ކަމެކެވެ. އަޅުގަނޑުމެން މުނިއަވަސް އިން އެދެނީ ނޮޅިވަރަމު ކޮވިޑުގެ ހާލަތުން ސަލާމަތްވެ ކަރަންޓުގެ ހިދުމަތް ވީ އެންމެ އަވަހަކަށް ލިބިގެން ދިޔުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.