ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ ޒޫމް ޑީލްސް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ރޭ ބ. ގޮއިދޫގައި ފަށައިފިއެވެ.
މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ރަށު ކައުންސިލާއި ބައްދަލުކޮށް ގޮއިދޫ ސްކޫލް މޮޅުވީ 10-2 އިންނެވެ. މި މެޗުގައި ސްކޫލް ޓީމަށް ޙުސައިން ޝާމް (7) 2 ގޯލް، ޔޫސުފް މުޙައްމަދު (2) 3 ގޯލް ކާމިޔާބު ކޮށްދީފައިވާއިރު، ޢަލީ ޖަޒްލާން (9) ވަނީ 5 ގޯލް ކާމިޔާބުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޫލް ޓީމުގެ ޢަލީ ޖަޒްލާންއެވެ. ކައުންސިލް ޓީމަށް ގޯލް ކާމިޔާބު ކޮށްދީފައިވަނީ އިބްރާހިމް ޝާނީޒް (23) އަދި އަހްމަދު ފަޟީލް (5) އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި އެމް.ޑަބްލިއު.އެސް.ސީ. ގެ މައްޗަށް ފެނަކަ ކުރި ހޯދީ 5-3 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ފެނަކައިގެ ޝަމްއޫން ޖަމީލަށެވެ. މި މެޗުގައި ފެނަކަ ޓީމުގެ ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ އަޙްމަދު ވިޝާމް (10) 1 ގޯލް، އަޙްމަދު އިމާޒް (17) 2 ގޯލް އަދި ޝައްމޫން ޖަމީލް (23) 2 ގޯލްއެވެ. އެމް.ޑަބްލިއު.އެސް.ސީ. ގެ ޓީމަށް ގޯލްތަައް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ވިޝާމް (13) އަދި އަޖުވަދު (5) އެވެ.
މި މުބާރާތުގެ މަޤުސަދަކީ ބ. ގޮއިދޫގެ ހުރިހާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކޮށް ރަށުގެ ރައްޔިތުންނަށް ނަމޫނާ ދެއްކުންކަމުގައި މުބާރާތް އިންތިޒާމް ކުރައްވާ ފަރާތްތަކުން މަޢުލޫމާތުދެއްވައެވެ.
މިމަހުގެ 20 ން 24 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމް ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތް އިންތިޒާމު ކުރަނީ ގޮއިދޫ ސްކޫލުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް