އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދާ 2 ފިލްމު ކަމަށްވާ ސަލްމާން ޚާންގެ “ޓައިގަރ 3″އާއި ޝާހްރުކް ޚާންގެ “ޕަތާން” 2022 ވަނަ އަހަރުގެ ފަހުކޮޅު ރިލީޒް ވެދާނެ ކަމަށް ބޭރުގެ ބައެއް ރިޕޯޓުތަކުން މަޢުލޫމާތު ލިބިއްޖެއެވެ.

“ޓައިގަރ 3” އަކީ 2012 ވަނަ އަހަރު ކަބީރު ޚާން ޑައިރެކްޓްކޮށް ރިލީޒްކުރި ފިލްމު “އޭކް ތާ ޓައިގަރ” ފްރެންޗައިސްގެ ތިންވަނަ ފިލްމެވެ. ފިލްމުގެ ބަޠަލާގެ ރޯލުން ކެޓްރީނާ ކެއިފް ފެނިގެންދާއިރު ވިލަންގެ ރޯލުން ފެނިގެންދާނީ އިމްރާން ހާޝްމީ ކަމަށް މަޢުލޫމާތު ލިބެއެވެ.

Shah Rukh Khan & Salman Khan Planning A Grand Crossover Ft. Pathan & Tiger?

ޝާހްރުކްގެ “ޕަތާން” އަކީ 2018ގައި ރިލީޒްކުރި އޭނާގެ ފިލްމު “ޒީރޯ”އަށްފަހު އޭނާ ގެ ފުރަތަމަ ޕްރޮޖެކްޓެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި ޝާހްރުކްގެ އިތުރުން ދީޕިކާ ޕަދުކޯނޭއާއި ޖޯން އަބްރަހަމް ވެސް ފެނިގެންދާނެއެވެ.

“ޕަތާން” އާއި “ޓައިގަރ 3″ގެ މަސައްކަތުގައި ދެ ތަރިންވެސް މިހާރު އުޅެނީ ވަރަށް ބުރަކޮށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި 2 ފިލްމު ވަނީ ކޮންމެސް ވަރަކަށް ގުޅިފައެވެ. އެއީ “ޕަތާން”ގައި ސަލްމާންގެ ފެނިލުމަކާއި، “ޓައިގަރ 3″ގައި ޝާހްރުކްގެ ފެނިލުމެއް ވާކަމަށް އަޑު ފެތުރިފައިވާތީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.