ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ފިލްމު ކުޅުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
އުމުރުން 10 އަހަރާއި 60 އަހަރާއި ދެމެދުން، ދެ ޖިންސަށް ހުޅުވާލާފައިވާ މި ފުރުޞަތަކީ ޑާކް ރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ހޮވާ ތަރިންތަކެއްކަމަށް އެތަނުން ބުނެއެވެ.
ޑާކްރެއިންގެ މީސް މީޑިއާގެ މަންސަތަކުގައި އިއްޔެ އާއްމުކޮށްފައިވާ ކާސްޓިންގ ކޯލްގައި ބުނެފައިވަނީ ހުރިހައި ނަސްލެއްގެ ޤާބިލު އެކްޓަރުން ބޭނުންވާ ކަމަށާ ޝައުޤުވެރިކަން ހުރި ފަރާތްތަކުން ޑާކް ރެއިންގެ [email protected] އީމެއިލް އަށް މެއިލްކުރުމަށްވެސް އެދިފައިވެއެވެ. އީމެއިލްގައި ގުޅޭނެ ތަފުސީލު، ފޮނުވާ ފަރާތުގެ އެންމެ ފަހުގެ ފޮޓޯއެއް ހިމަނަން ޖެއެވެ.
ޑާކް ރެއިންއިން މިހާރު ކުރަމުންދާ މަސައްކަތްކުގެ ތެރޭގައި ޑްރާމާ ސިލްސިލާ “ގިރިޓީ ލޯބި“ގެ މަސައްކަތް ހިމެނެ އެވެ. 20 އެޕިސޯޑުގެ މި ސިލްސިލާ ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ ބައިސްކޯފުގައެވެ.
“ގިރިޓީ ލޯބި“ގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”