ބިއުޓީ ޓްރީޓްމަންޓްތަކަށް ޚާއްޞަކޮށްގެން ސެޕްޓެމްބަރު 02 ވަނަ ދުވަހު ހުޅުވި ލުމޭރިއާ ސެލޫނުން “ގުޑް ހެއަރ ޑޭ” ޕްރޮމޯޝަނެއް މިމަހުގެ 05 ވަނަ ދުވަހު ތަޢާރަފުކޮށްފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 20 އޮކްޓޫބަރުގެ ނިޔަލަށް ކަމަށް ލުމޭރިއާ ސެލޫނުން ބުނެއެވެ.

ލުމޭރިއާ ސެލޫނުން ހުޅުވައިލި ޕްރޮމޯޝަންގެ ދަށުން ހެއަރ ރިލެކްސިންގ، ހެއަރ ރީބޮންޑިންގ، ޖީކޭ ހެއަރ ކަލަރިންގ ފަދަ ޚިދުމަތްތައް ހިމެނެއެވެ. އިސްތަށިގަނޑު ކިތައްމެ ދިގުނަމަވެސް މި ޚިދުމަތްތަކުގެ އަގުތައް ހުންނާނީ 2000 ރުފިޔާއަށް ވުރެން ދަށުގައެވެ.

ޖީކޭ ހެއަރ ކެރަޓީން ޓްރީޓްމެންޓް އަދި ޖީކޭ ޑީޕް ކަންޑިޝަން ޓްރީޓްމެންޓް އަދި ޖީކޭ ކަލަރ ޓްރީޓްމެންޓްގެ އަގުތަކަށް 10 އިންސައްތައިގެ އަގުހެޔޮކުރުމެއް ދީފައިވާނެ ކަމަށްވެސް ލުމޭރިއާ ސެލޫނުން ބުންޏެވެ.

ޖީކޭ ހެއަރ އަކީ ޕްރޮފެޝަނަލް ހެއަރ އިންޑަސްޓްރީގައި ނަން މަޝްހޫރު ނަމެކެވެ. މިގޮތުން ޖީކޭ ހެއަރ ޕްރޮޑަކްޓްތަކުގެ ތެރޭގައި އިސްތަށިގަނޑަށް ޓޭމިން ކުލަ ސްޓައިލް ގެނައުމަށް ބޭނުންވާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހިމެނެއެވެ.

“ޖީކޭ ހެއަރ ކަލަރ އަކީ އިސްތަށިގަނޑު ހަލާކުވުން ކުޑަ ކުލަ އެއް. މި ކުލަ ބޭނުންކުރުމުން އިސްތަށިތަކުގެ ބުޑާހަމައަށް ކާނާގެ ބައިތައް ވާޞިލްކޮށްދީ އިސްތަށިތަކުގެ ކޮޅުތައް ހަލާކުވުމުގެ ބަދަލުގައި ކަންޑިޝަން ކޮށްދޭނެ.” ލުމޭރިއާން ބުންޏެވެ.

ލުމޭރިއާ ސެލޫން ހުންނަނީ އޮކްސިޖަން ކެފޭ މަތީގައެވެ. ލުމޭރިއާ ސެލޫންގެ މި ޕްރޮމޯޝަންތަކުގެ އަދާހަމަތައް ފޭސްބްކް އަދި އިންސްޓަގްރާމުން ލިބޭނެއެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ފޭސްބްކް ޕޭޖް އަދި އިންސްޓަގްރާމް ޕޭޖާއި ލުމޭރިއާގެ ވައިބަރަށް މެސެޖްކޮށްގެން ނުވަތަ 7882444 ނަންބަރަށް ގުޅައިގެން ވެސް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

ލުމޭރިއާ ސެލޫންއަކީ ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ހުޅުވިފައި ހުންނަ ސެލޫންއެކެވެ.

ލުމޭރިއާ ސެލޫންއާ އެހެން ސެލޫންތަކާ ހުރި އެންމެ ބޮޑު ތަފާތަކީ އެތަނުން ދެމުން އަންނަ ލަކްޝަރީ ޚިދުމަތްތަކާއި އެންމެ ކޮލިޓީ ރަނގަޅު ޒަމާނީ ޕްރޮޑަކްޓްތައް ބޭނުންކުރުމާ ތަނުގެ މޫދު ވިއު ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.