5 އަހަރަށްފަހު ބޮލީވުޑް އެކްޓަރު އިމްރާން ހާޝިމީ ކުޅުނު ބިރުވެރި ފިލްމު “ދީބުކް” މި މަހުގެ 29 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.

އިމްރާންގެ އިތުރުން ނިކިތާ ދައްތާއާއި ދަރްޝަނާ ބަނިކް ލީޑް ރޯލުތަކުން ފެނިގެންދާ މި ސުޕަނެޗުރަލް ހޮރޯގެ ކާސްޓުގައި މާނަވް ކޯލް، ޔޫރީ ސޫރީ، ވިޕިން ޝަރްމާ، ވިވާނާ ސިންގ އަދި ސުދޭވް ނައިރް ފަދަ ތަރިން ހިމެނެއެވެ.

ޖޭ ކޭ ލިޔެ، ޑައިރެކްޓްކުރި “ދީބުކް” އަކީ 2017 ވަނަ އަހަރު އޭނާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު މަލަޔާލަމް ފިލްމު “އެޒްރާ” ގެ ހިންދީ ރީމޭކެވެ.

“ދީބުކް” ގެ ކުރިން އިމްރާން ކުޅުނު ބިރުވެރި ފިލްމުތަކުގެ ތެރޭގައި 2009 ގެ “ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް” އާއި 2012 ގެ “ރާޒް 3” އާއި 2013 ގެ “އޭކް ތީ ޑާޔަން” ގެ އިތުރުން 2016 ގެ “ރާޒް: ރީބޫޓް” ހިމެނެއެވެ.

އިމްރާންގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އޮގަސްޓުގައި ރިލީޒްކުރި މިސްޓްރީ ތުރިލާ “ޗެހެރޭ” އެވެ. “ދީބުކް” ގެ އިތުރުން އިމްރާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ “ގަންގޫބާއީ ކަތިއާވާޅީ” އާއި ސަލްމާން ޚާންގެ “ޓައިގާ 3” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.