މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް މުޅިން އައު ޝޯވއެއް 23 އޮކްޓޫބަރު 2021، ހޮނިހިރު ދުވަހުގެ ރޭ 10:30ގައި ގެނެސްދޭން ނިންމައިފިއެވެ. “ލައިފް އެޑްވައިސް ވިތު ސުންދަރު“ގެ ނަމުގައި އަލަށް މި ފަށާ ޕްރޮގްރާމަކީ ކްލަބްހައުސްގެ ހުރިހައި އޮޅިއެއްގައިހެން ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ‘ސުންދަރު ޕިޔާރެލާލް‘ އާއި އެކުގައި ހީނ މަޖާކޮށްލުމަށް ގެނެސްދޭ ޝޯވއެކެވެ. ސުންދަރާ އެކުގައި މި ޝޯވ ހުށައެޅުމަށް ބައްދަލުކުރާނީ ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އަފާ އަދި އިވްރީ އެވެ.

ލައިފް އެޑްވައިސް ވިތު ސުންދަރު” ޝޯވއަކީ ދިރިއުޅުމުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ޚިޔާލާ މަޝްވަރާ އާއި ނަސޭހަތް ބޭނުންވެފައިވާ ފަރާތްތަކަށް، މަޖާ މާހައުލެއްގައި ނަސޭހަތްތެރިވެދިނުމަށް ގެނެސްދޭ ޝޯވއެކެވެ.

ލައިފް އެޑްވައިސް ވިތު ސުންދަރު” ޝޯވގެ ނޮޓިފިކޭޝަން ބަޓަން އެކްޓިވޭޓްކޮށްލާފައި ބެހެއްޓުމަށް ތިރީގައިވާ ލިންކަށް ކްލިކްކޮށްލާށެވެ.

https://www.clubhouse.com/join/muniavas/exG6c7eR/mZGJbeAA

ލައިފް އެޑްވައިސް ވިތު ސުންދަރު” ޝޯވގައި ހެއްވާ މަޖާ ތަފާތު ސެގްމެންޓްތަކެއް ހިމެނޭނެކަމަށް ސުންދަރާއި އޭނާގެ ޓީމުން ބުނެއެވެ.

މި ޝޯވގައި ފާޅުކުރާ ޚިޔާލުތަކާ މަޝްވަރާތަކާއި ދެވޭ ނަސޭހަތްތައް ބިނާކޮށްފައިވަނީ މާބޮޑު ސީރިއަސްކަމެއް ނެތި، މުނިއަވަސްފިލުވައިދޭ ކޮންޓެންޓްތަކެއްގެ ސިފައިގައެވެ. އެހެންކަމުން “ލައިފް އެޑްވައިސް ވިތު ސުންދަރު“ގައި ފާޅުކުރާ މި ދެންނެވިފަދަ ވާހަަކަތައް ސީރީއަސްކޮށް ނުނެންގެވުމަކީ ޝޯވގެ ޕްރޮޑަކްޝަން ޓީމާއި މުނިއަވަސްގެ އެދުމެވެ.

@afa_fathimathLife advice with Sundar only on Clubhouse Muniavas👉join @mamma.ivry.maldives & Me😁for some#fun #laughs with our #clubhouse rahmaiytheriya#sundarpyarelal♬ original sound – Afa ♥️

@mamma.ivry.maldives😁Join @afa_fathimath & Me for some #fun #conversations #laughs with our #Clubhouse rahmaitheriya #sundarpyarelal on #muniavas #maldivian #foryoupage

♬ Sundar and Dhatha call – 🌟𝔼𝕧𝕖 އިވްރީ ℝ𝕪𝕤𝕙𝕒 𝕄🌟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.