ޕާކިސްތާނުގެ އޭއާރްވައި ޓިޖިޓަލް އިން ގެނެސްދެމުން އަންނަ ހިތްގައިމު ސީރީޒް “އަމާނަތު”ގެ ފަސްވަނަ އެޕިސޯޑް މިރޭ ދައްކައިފި އެވެ.

ހަފުތާއަކު އެއް ރޭ ގެނެސްދޭ މި ސީރީޒް މިދިޔަ ހަފުތާގައި ދައްކާފައި ނުވާތީ އެކަމާ ގިނަ ބަޔަކު ތަފާތު ފޯރަމްތަކުގައި ސުވާލުތައް ކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސީރީޒްގެ 04 ވަނަ އެޕިސޯޑް ދެއްކުމަށްފަހު ފަސްވަނަ އެޕިސޯޑް ދައްކާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެޕިސޯޑް 04 ނިންމާލާފައިވަނީ ވަރުގަދަ ޓްވިސްޓަކާ އެކުގައި ކަމަށް ވުމުން ކަމަށްވެސް ވެދާނެއެވެ.

މިމަހު 18ގައި ދައްކަން އޮތް ފަސްވަނަ އެޕިސޯޑް ދައްކާފައި ނުވަނީ، ސީރީޒް ދައްކަން އޮތް ރެއާއި ކީރިތިރަސޫލާގެ އީދުމީލާދު ރެއާ ދިމާވުމުންކަމަށް މަޢުލޫމާތު ލިބެ އެވެ. އޭއާރްވައި ޑިޖިޓަލް އާއި ޕާކިސްތާނުގެ ގައުމީ ޓީވީން، ރަސޫލާގެ ޢީދު މީލާދު ރޭ ފަދަ ރޭރޭގައި މުނިފޫހިފިލުވުމުގެ އެއްވެސް ޕްރޮގްރާމެއް ނުގެނެސް ދެއެވެ. އެފަދަ ރޭރެއާ ދުވަސްތަކުގައި އެ ޗެނަލްތަކުން ގެނެސްދެނީ ދީނީ ޕްރޮގްރާމްތައް ކަމަށް އޭއާރްވައި ޓިޖިޓަލް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ މަހެއްހައި ދުވަސްކުރިން ދައްކަން ފަށާފައިވާ “އަމާނަތު” ސީރީޒްގައި މައިގަނޑުގޮތެއްގައި ދައްކައިދެނީ ވެލިއުޒް އާއި އުސޫލުތަކުގައި ހިފެހެއްޓުމުގެ މުހިންމުކަމެވެ.

“ޒަރާރް، އޭނާގެ ރަހުމަތްތެރިޔާގެ އެދުމަށް ރަހުމަތްތެރިޔާގެ އަނބިމީހާ ބެލެހެއްޓުމާ ހަވާލުވެއެވެ. ނަމަވެސް ޒަރާރްގެ ރަހުމަތްތެރިޔާ މަރުވުމުން، އެހެން ގޮތެއް ނެތިގެން ރަހުމަތްތެރިޔާގެ އަނބިމީހާއާ ކައިވެނިކޮށް އެ އަންހެން މީހާއަށް ބޯހިޔާވަހިކަމާއި ހިމާޔަތްދެއެވެ. ނަމަވެސް ޒަރާރް ލޯބީގެ ގޮތުން ގުޅި، ކައިވެނިކުރަން ތައްޔާރުވެފައި ހުރި އަންހެން ކުއްޖާ އެކަމާ ރުޅިއައިސް، ބަދަލުހިފުމުގެ ބޭނުމުގައި ޒަރާރްގެ ފިރިހެން ކޮއްކޮއާ ކައިވެނިކުރެއެވެ.” މިއީ ސީރީޒްގެ މައިގަނޑު ޕްލޮޓް ބިނާވެފައި އޮތް ގޮތެވެ.

މިހާތަނަށް ދެއްކި ހަތަރު އެޕިސޯޑުން ގިނަ ކަންތައްތަކެއް ފެނިގެން ދިޔައިރު، އެއް އެޕިސޯޑު ބަލާފައި އަނެއް އެޕިސޯޑް ނުބަލައި ދޫކޮށްލެވޭ ވަރަށް ވުރެން މި ސީރީޒްވެސް ތަފާތުވެފައި ސަޅިކަން ފާހަގަކޮށްލެވެއެވެ.

މި ސީރީޒް ދައްކަނީ ރާއްޖޭ ގަޑިން ރޭގަނޑު 07:30ގައެވެ.

މިހައިތަނަށް ދެއްކި 05 އެޕިސޯޑް ހިމަނާލާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.