“ކޮއިމަލާ – ސްޓޯރީޒް އޮފް މޯލްޑިވްސް”ގެ ނަމުގައި ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ ތާރީޚީ ވާހަކަތައް ކިޔައިދޭ ކުރު ފިލްމެއް އޯކޭޒް އިންކްްގެ ޓީމުން އުފައްދައިފިއެވެ.

“ކޮއިމަލާ – ސްޓޯރީޒް އޮފް މޯލްޑިވްސް”ގެ ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ ހުނަރުވެރި ސްކްރީން ރައިޓަރ މަަހްދީ އަޙްމަދު އެވެ. ޑައިރެކްޓްކުރީ ހުުނަރުވެރި ޑައިރެކްޓަރ މުޙައްމަދު މުންތަސިރު (މުންކޮ) އެވެ. ކެމެރާކުރީ ކަނޑި ވިސާން އެވެ. ގިނަ ވިޒުއަލް އިފެކްޓްތަކެއް ހިމެނޭ މި އުފެއްދުން އެޑިޓްކޮށް ވިޒުއަލް އިފެކްޓް ހެދީ ސާމީ އެވެ. އެޑިއަލިއޯ އިން މިއުޒިކް ހަދާފައިވާ މި އުފެއްދުމުގައި ބ. ގޮއިދޫ ސްޕޯޓްސް އެންޓް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީން ދީފައިވާ އެހީތެރިކަން އޯކޭޒް އިންކްގެ ޓީމުން ފާހަގަކުރެއެވެ.

‘ކޮއިމަލާކަލޯ’ ނުވަތަ ދަރުމަންވަތަ ރަސްގެފާނުގެ ކެރެކްޓަރ އިން މި ކުރު ފިލްމުގައި ފެނިގެންދަނީ އަޙްމަދު ޢީސާ (އާނަންދު) އެވެ. އިތުރު ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ބ. ގޮއިދޫ ޒުވާނުންނެވެ.

“ކޮއިމަލާ – ސްޓޯރީޒް އޮފް މޯލްޑިވްސް” އަކީ އެމްއެމްޕީއާރްސީން ރާއްޖެ އިޝްތިހާރުކުރުމަށް ގެނެސްދޭން ފަށާފައިވާ ރާއްޖޭޭގެ ފުލޯކް ވާހަކަ ސީރީޒުގައި ހިމެނޭ ނުވަ ވާހަކައިގެ ތެރެއިން އެއް ވާހަކަ އެވެ. އަޙްމަދު ޝިނާން އުފެއްދި “ދޮންހިޔަލަ އާއި އަލިފުޅު” އެއީވެސް މި ސީރީޒްގެ ދަށުން އުފައްދާފައިވާ ވީޑިއޯއެކެވެ.

މި ސީރީޒްގެ ދަށުން ގެނެސްދޭ ނުވަ ވާހަކައިގެ ތެރެއިން އޯކޭޒް އިންކް އިން އުފެއްދި ތިން ވީޑިއޯގެ ސްކްރީންޕްލޭ ލިޔުނީ މަހްދީ އަޙްމަދު އެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ރަސްކަލަކީ ‘ކޮއިމާ’ ކަމަށް ބުނެވެއެވެ. ނަމަވެސް ދިވެހީން ކިޔައި އުޅޭ “ކޮއިމަލާކަލޯ” ވާހަކައަކީ ތާރީޚީ ފުލޯކު ވާހަކައެއްކަން ރަނގަޅަށް އެނގި ސާބިތުވާކަމަށް ރާއްޖޭގެ ތާރީޚީ މުހައްރިރު އަޙްމަދު އަލާ ދީދީ ލިޔުއްވައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.