އަޔުޝްމާން  ކުރާނާ ލީޑް ރޯލުން ފެނިގެންދާ “ޑޮކްޓަރ ޖީ” އަންނަ އަހަރުގެ ޖޫން 17 ގައި ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ.

އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ރޯލުން ފެނިގެންދާ މި ކޮމެޑީ ކެމްޕަސް ޑްރާމާއަކީ ޖަންގްލީ ޕިކްޗާރސް އިން ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުތް އަނުބުތީ ކަޝިޔަޕް ޑައިރެކްޓްކުރި ފިލްމެކެވެ.

އަނުބުތީއާއި ސުމިތު ސަކްސޭނާއާއި ވިޝާލް ވަގްގެ އިތުރުން ސައުރަބް ބަރާތު ގުޅިގެން ސްކްރީންޕްލޭ ތައްޔާރުކުރި “ޑޮކްޓަރ ޖީ” އަކީ އަޔުޝްމާން ޖަންގްލީ ޕިކްޗާރސްގެ ކުޑައިގެ ދަށުން ކުޅުނު 3 ވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. ކުރިން އަޔުޝްމާން ޖަންގްލީ ޕިކްޗާރސްއަށް ކުޅުނު ދެ ފިލްމަކީ 2017 ގެ “ބަރޭލީ ކީ ބަރްފީ” އާއި 2018 ގެ “ބަދާއީ ހޯ” އެވެ.

ކުރީގެ ދެ ފިލްމަށް ލިބުނު ފަދަ ކާމިޔާބީއެއް ތަކުރާރު ކުރާނެކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނާ “ޑޮކްޓަރ ޖީ” ގައި އަޔުޝްމާންގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ރަކުލް ޕްރީތު ސިންގއާއި ޝެފާލީ ޝާހްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.