އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) އުފެއްދިތާ އަހަރުފުރުން ފާހަގަކުރާއިރު ހަރުދަނާ މުޖުތަމައުއެއް ބިނާކުރުމުގައި މެދުއުޑުގައި ފިޔަޖަހަމުން ކުރިއަށް

އެކަކު އަނެކަކުދެކެ ލޯތްބާއި އަޅާލުމާއި އިޚްތިރާމްކުރާ ހަރުދަނާ އޯގާތެރި ފަރުދުންތަކެއް އުފެދުމަކީ ގައުމެއް ކުރިއެރުމުގެ އެންމެ ބޮޑު އެއް އާރުކާޓީއެވެ. އެއީ ދުޅަހެޔޮ އަމަންއޮމާން ސުލްޙަމަސަލަސް ގައުމެއް ބިނާކުރުމަށް މަގުފަހިވެގެންދާ ކަންކަމެވެ. މުޖްތަމައު ތެރޭގައި ހިތްހަމަ ޖެހިގެން، އެއްވެސް ބިރެއްނެތި އުޅެވުމުގެ އެންމެ ބޮޑު އެއް ބާރުވެސް މެއެވެ. އިސްވެ ބަޔާންމިކުރެވުނު ކަންކަމަށް ރިއާޔަތް ކުރާއިރު ފެނިގެން މިދަނީ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) ގެ ނަމުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވިގެން ދިޔަ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކެވެ.

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ)ގެ މައިގަނޑު މަގްސަދު ވަރަށްވެސް ސާފެވެ. ދުޅަހެޔޮ، އުފާވެރި، ހިތްހަމަޖެހޭ މުޖުތަމައުއެއް ބިނާކުރުމެވެ. އަމަންއޮމާންކަން ވެށީގައި ގާއިމްކުރުމެވެ. އަދި ހަމައެހެންމެ ސުލްހަ މަސަލަސްކަމަށް ލޯބިކުރުމާއިއެކު ބުރަކޮށް ފައިދާހުރި މަސައްކަތްތައް ކުރާ އަފްރާދުންތަކެއް ބިނާކޮށް މުޖުތަމައު ހަރުދަނާ ކުރުމެވެ. މިހުރިހާ މަގްސަދުތަކަކީ ވެސް ޤައުމެއް ރަނގަޅުގޮތުގައި ކުރިއަރާ ބިނާކުރުމަށް އެގައުމުގެ ފަރުދުންގެ ހިތްހަމަޖެހުމާއި އިޖްތިމާއީ ގޮތުން ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ލިބޭ މުޖުތަމަޢެއް ޤާއިމް ކުރުމަށް ނުހަނު ބޭނުންތެރި އަދި އެހާމެ ގުޅި ލާމެހުފައިވާ ކަންކަމެވެ.

ފާއިތުވެގެން ދިޔަ 2020 ވަނަ އަހަރަކީ މުޖުތަމައުއެއް ބިނާކުރުމަށްޓަކައި އެކި ގޮތްގޮތުން، އެކި މަޢުޟޫތަކަށް އަލިއަޅުވާލައިގެން ވަރަށް ގިނަ ކާމިޔާބު ޕުރޮގްރާމްތަކެއް އީ.އެމް.ސީން ކުރިޔަށް ގެންދިޔަ އަހަރެކެވެ. ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގެ ސަބަބުން ގިނަ ކަންތައްތައް ނުކުރެވުނުކަމުގައި ވިޔަސް، މީސްމީޑިޔާގެ އެތަކެއް މަންސަތަކުގެ ޒަރީއްޔާއިން ހުއްޓުމެއްނެތި އީ.އެމް.ސީން ވަނީމުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އެގޮތުން ޒުވާނުން ބާރުވެރިކޮށް، ހެޔޮ ގޮތުގައި ބިނާކުރުމަށްޓަކައި ވާރޗުއަލް ވެބިނަރ ޕޮރޮގްރާމްތަކެއް ކޮންމެ މަހަކު ކުރިޔަށް ގެންގޮސްފައިވެއެވެ. ހަމަ އެހެންމެ، ފުރަބަންދުގެ ލުއިތަކާއި އެކު “ދަ ވައިބް” ޖަމިއްޔާ އާއި “ބިޔުޓިފުލް ތިންކިންގ” ޖަމިއްޔާއާއެއިއެކު “ޓީ އެންޑް ޓޯކް” ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަތައް ދައްކާލުމުގެ ސެޝަންތަކެއް ވަރަށް ކާމިޔާބުކަމާއެކު ވަނީ ބާއްވާފައެވެ. މިފަދަ ސެޝަންތަކުގެ އެންމެ ބޮޑު ކާމިޔާބަކީ އެފަދަ ސެޝަންތަކުގައި ބައިވެރިވި އެކިއެކި ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ހިއްސާކުރި މަޢުލޫމާތުތަކެވެ.

އީ.އެމް.ސީ ވުޖޫދުވިތާ އަހަރެއް ވީއިރު، މުޖްތަމައުގައި ތަފާތު ދަތިތަކާއި ކުރިއަށް ދާނެ މަގު ނޭނގި ތިބި އެތަކެއް ފަރުދުންނަށް އެހީވެދީފިއެވެ. އެތަކެއް ފަރުދުންނަކީ ހަރުދަނާ މީހަކަށް ވުމަށްޓަކައި ކުރިއަރާނެ މަގު ޗާޓު ކުރަހައިދީފިއެވެ. އެތަކެއް ފަރުދުންނަށް އިޖްތިމާއީ ގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ގެނެސްދީފިއެވެ. މިއީ އެންމެ އަހަރެއްގެ ތެރޭގައި އެފަދަ އެންޖީއޯ އަކަށް ކުރުމަށް ދަތި ކަމަކަށް ވީކަމުގައި ވީނަމަވެސް، އީ.އެމް.ސީން މިކަންކަން ހާސިލްކޮށްފައިވަނީ ވަރަށްވެސް ހަލުވި ދުވެލީގައި ކަން ފާހަގަވެގެންދެއެވެ

މިގޮތުން، އީ.އެމް.ސީން ކާމިޔާބީގެ މަގުގައި އާރޯވެ ފައްކާ ވަމުން ދާއިރު، އީ.އެ.މް.ސީގެ ދެ މޭސްތިރީން ކަމަށްވާ ސަމާ އިބްރާހީމް ދީދީ އަދި އާމިނަތު ރީމާ ރަޝީދު މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދަވާ މަސައްކަތްތައް މުޅި މުޖްތަމައުވެސް ވަނީ ބަލައިގެންފައިއެވެ. އެއީ އެންމެ އަހަރެއްގެ ތެރޭގައި ފެނިގެންދިޔަ އީ.އެމް.ސީގެ ބުރަ މަސައްކަތްތަކެވެ. މިހެންކަމުން މުނިއަވަސް އިންވެސް އީ.އެމް.ސީގެ މުސްތަގްބަލަށް އެދެނީ އުފާ ފާގަތިކަމެވެ. އިތުރު އާރޯކަމާއި ކުރިއެރުމެވެ.

އީއެމްސީއިން މުނިއަވަސް އަށް ހަނދާނީ ފިލައެއް ދެނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.