މުޅި ދުނިޔެއަށް މަޝްހޫރު އުރުދޫ އަދި ފާރިސީ ޅެންވެރިއެއް ކަމުގައިވާ ޑރ. ޢައްލާމާ މުޙައްމަދު އިޤްބާލްގެ ޒިކުރާ އައުކުރުމަށް މާލޭގައި ޚާއްޞަ ހަފުލާއެއް ބާއްވައިފިއެވެ.
އިސްކަންދަރު ސްކޫލު ހޯލުގައި މިމަހު 09 ވަނަ ދުވަހުގެ ރޭ ބޭއްވި މިހަފުލާއަކީ ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ސަފާރާއާއި ދިވެހިބަހުގެ އެކެޑެމީ ގުޅިގެން ބޭއްވި ޚާއްޞަ ހަފުލާއެކެވެ. އިރުމަތީގެ އެންމެ އުފެއްދުންތެރި އެއް މުފައްކިރު، ފަލްސަފާވެރިޔާ، ޅެންވެރިޔާ ޑރ. ޢައްލާމާ މުޙައްމަދު އިޤްބާލްގެ ޒިކުރާ އައުކުރުމަށް މި ހަފުލާ މި އަހަރުވެސް ބާއްވާފައި މިވަނީ އިޤްބާލްގެ އުފަންދުވަހާ ދިމާކޮށެވެ.
މި ހަފުލާގައި ޑރ. ޢައްލާމާ މުޙައްމަދު އިޤްބާލްގެ ވީޑިއޯ ބައޔޮގްރަފީއެއް ދެއްކުމާއި އިޤްބާލްގެ މައްޗަށް އަވަސްކަޅިއެއް އެއްލައި ކުރު މަޢުލޫމާތުކޮޅެއް ހުށައެޅުމާއި އިޤްބާލްގެ ޅެމެއް ކަމަށްވާ “ބައްޗޭކީ ދުޢާ” ހުށައެޅުން ކުރިއަށް ގެންދެވުނެވެ.

އިޤްބާލް ދުވަސް ހަފުލާ ތެރެއިން – ފޮޓޯ: ޢީސަ – މުނިއަވަސް
މީގެ އިތުރުން ޑރ. ޢައްލާމާ މުޙައްމަދު އިޤްބާލްގެ ޅެންވެރިކަމުގައި ޝާހީންގެ ވާހަކައާއި ޝަރަފުވެރިމެހެމާނުގެ ވާހަކަފުޅުދެއްކުމުގެ އިތުރުންވެސް ބައެއް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
ޑރ. ޢައްލާމާ މުޙައްމަދު އިޤްބާލް އުފަންވެވަޑައިގަތީ 9 ނޮވެމްބަރު 1877 ގައެވެ.

އިޤްބާލް ދުވަސް ހަފުލާ ތެރެއިން – ފޮޓޯ: ޢީސަ – މުނިއަވަސް
އިޤްބާލަކީ ހަމައެކަނި ޅެންވެރިއަކީއެއް ނޫނެވެ. އޭނާއަކީ ފަލްސަފާވެރިއެކެވެ. ސިޔާސަތުދާނެކެވެ. މުދައްރިސެކެވެ. ޤާނޫނީ ވަކީލެކެވެ.
އިޤްބާލު އެންމެ ބޮޑަށް މަޝްހޫރު ވެވަޑައިގެންފައި ވަނީ ޅެންވެރިއެއްގެ ގޮތުގައެވެ. އެކަމަކު އޭނާއަކީ މި ޒަމާނުގެ އެންމެ ވަރުގަދަ އިސްލާމީ ފަލްސަފާވެރި މުފައްކިރު ކަމަށް ވަނީ ބެލެވިފައެވެ. އޭނާ ލިޔުއްވި އެންމެ ފުރަތަމަ ޅެން ފޮތަކީ އަސްރާރެ ޚުދީއެވެ.
އިޤްބާލް ޕީއެޗްޑީ ނެންގެވީ ޖަރުމަނުގެ ޔުނިވަރސިޓީ އޮފް މިއުނިކުންނެވެ.
އޭނާ އަވަހާރަވީ ގޮތް ނޭނގޭ ގޮތަކަށް ކަރުފުޅުތެރެއަށް ޖެހިވަޑައިގަތް އާލާސްކަންފުޅެއްގައެވެ. އާލާސްކަންްފުޅު ޖެހިވަޑައިގަތީ 1933 ވަނަ އަހަރުގެ ތެރޭގައެވެ. އަވަހާރަވީ ލާހޯރްގައި، 21 އޭޕްރީލް 1938 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު