ޕްރޮމޯތައްވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަލާޒް ޓީވީގެ އާ ޑްރާމާ ސިލްސިލާ “ސިރްފް ތުމް” ރޭ ފަށައިފިއެވެ.

ކަލާޒްގެ “ޝަކްތީ” އާއި “މަދޫބާލާ” ގެ ބަތަލުގެ ބައި ކުޅުނު ވިވިއަން ޑި ސޭނާ އާއި ޒީ ޓީވީގެ “އިޝްޤް ސުބްހާނަﷲ” ގެ ބަތަލާ އެއިޝާ ސިންގ ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާއަކީ ރޮމޭންޓިކް ތުރިލާއެކެވެ. މުޅިން ތަފާތު ދެ މިޒާޖެއްގެ ދެމީހުންގެ މެދުގައި އުފެދޭ ގުޅުމަކުން ލޯބި އުފެދިގެންދާ ގޮތް ވަރަށް އަސަރުގަދަކޮށް ކިޔައިދޭ މި ޑްރާމާއަކީ 2019 ގައި ނިންމާލި ކަލާޒްގެ “ޝަކްތީ” އަށްފަހު ވިވިއަން ކުޅޭ ފުރަތަމަ ޑްރާމާއެވެ.

“ސިރްފް ތުމް” ގައި 2019 ގެ ފިލްމު “ކަބީރް ސިންގ” ގައި ޝާހިދު ކަޕޫރް ކުޅުނު ކަހަލަ ވަރަށް އެގްރެސިވް ކެރެކްޓާއަކުން ވިވިއަން ފެނިގެންދާއިރު އެއިޝާ ފެނިގެންދާނީ ވަރަށް މައުސޫމު މަޑުމައިތިރި މީހެއްގެ ރޯލުންނެވެ.

ރޭ ކަލާޒް ޓީވީއިން “ސިރްފް ތުމް” ދައްކަން ފެށިއިރު، އެޕިސޯޑްތައް ގެނެސްދޭން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 19:30 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.