ކުރިން ޓީސީ ސްޕޯޓްސް ކުލަބަށް ގިނަ މެޗުތަކެއް ކުޅެދީ، ބޮޑެތި ކާމިޔާބީތަކެއް ހޯދި ނޭޕާލްގެ އެއް ނަންބަރު ކީޕަރު ކިރަން ޝެމްޝޮން މާޒިޔާއަށް ސޮއިކޮށްފިއެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއިން ކިރަންއާ އެކު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މާޒިޔާއިން ބުނީ ކިރަންއާއެކު އެއްބަސްވީ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށް ކަމަށެވެ.
ރާއްޖޭގެ ކުލަބަކުން ބައިނަލް އަގުވާމީ މައިދާނުގައި ހޯދި އެންމެ ބޮޑު ކާމިޔާބީކަމަށްވާ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝޭޙް ކަމާލް ކަޕް ޓީސީއިން ކާމިޔާބު ކުރި އިރު، މުހިއްމު ދައުރެއް އަދާކުރި ކިރަން ވަނީ އެކުލަބަށް ތިން ސީޒަނަކު ކުޅެފައެވެ. އެގޮތުން އެ ޓީމާއެކު ދިވެހި ޕްރިމިއާ ލީގު ވެސް ކިރަން ވަނީ ކާމިޔާބުކޮށްފައެވެ. ކިރަން ވަނީ އޭނާގެ ކްލަބް ކެރިއަރުގައި ރާއްޖޭގެ އިތުރުން ނޭޕާލް އާއި އިންޑިއާގައި ވެސް ކުޅެފައެވެ. ނޭޕާލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިރަން ވަނީ ރާއްޖޭގެ ލީގާއި އިންޑިއާގެ އައި ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދައިފައެވެ.
މީގެ އިތުރުން މިއަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން އެ މުބާރާތުގެ ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކުރި އިރު، އެ ޓީމުގެ ކެޕްޓަންކަން ކުރި ކިރަން އަކީ އެ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކިރަން ވަނީ މީގެ ކުރިން ވެސް ސާފުގެ ގިނަ މުބާރާތްތަކެއް ކުޅެފައެވެ.
މާޒިޔާއިން ވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމަށް އައު ކޯޗެއް ވެސް ހަމަޖައްސައިފައެވެ. އެގޮތުން ކުރިން ސުޕަ ޔުނައިޓެޑް (ސަސް) ގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގެނެސް މާޒިޔާއިން މިހާރު އަންނަނީ ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި