މަޝްހޫރު ލަވަކިއުންތެރިޔާ އަދި ޤައުމީ ލަވަޔާއި މަދަހައާއި ހޭލުންތެރިކަމުގެ އެތައް ލަވައެއް ކިޔައިގެން ޢާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ކުޅަދާނަ އަދި މަޝްހޫރު ފަންނާނު ޢަބްދުﷲ ޙަސަން ނިޔާވެއްޖެއެވެ.
އޭނާ އަވަހާރަވީ ވަރަށްގިނަ ދުވަސްވަންދެން ބަލި އެނދުގައި އޮންނެވުމަށްފަހު މިމަހު 19ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.
ޢަބްދުﷲ ޙަސަނަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު މޮޅު ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ލަވަތައް އޭނާ ވިދާޅުވެފައިވެއެވެ. ޢާއްމުންގެ މެދުގައި މަޤްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވެއެވެ.
ދިވެހި ލަވަކިޔުމުގެ ރޮނގުން 1981ވަނަ އަހަރު ޢާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައިވާ ޢަބްދުﷲ ޙަސަން ރާއްޖެއަށް މަޝްހޫރުވެފައިވަނީ “ގައުމީ ގުރާ”ގެ ގޮތުގައެވެ. އޭނާގެ އަޑު އިވުމުންވެސް ޤައުމީވަންތަކަމުގެ އިޙްސާސް ކުރެވޭކަމަށް އެތައްބަޔަކު ބުނެއެވެ. އެއީ ވިދާޅުވެފައިވާ ޤައުމީ ލަވަތަކުގެ ގިނަކަމާއި އޭގެ ފުރިހަމަކަމުންނެވެ. އޭނާ އެންމެ މަޝްހޫރީވެސް ޤައުމީ ލަވަތައް ވިދާޅުވުމުގައެވެ. ޤައުމީ ޖޯޝާއި ފޯރި އަދި ޤައުމީ އިޙްސާސް އޭގެ އެންމެ ފުރިހަމަގޮތުގައި އުފެދޭ ގޮތަށް އޭނާ ވިދާޅުވެފައިވާ ލަވަތަކުގެ މަޤުބޫލުކަންވެސް ވަރަށްބޮޑެވެ. މިހާރުވެސް ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ހަފްލާތަކުންނާއި ޓީވީ، ރޭޑިއޯއިން އެލަވަތައް ގެނެސްދެއެވެ.
ލަވަކިޔުމުގެ ދާއިރާއިން ދިވެހިންގެ ހިއްތައް ފަތަހަކުރައްވާފައިވާ ޢަބްދުﷲ ޙަސަންގެ ޤައުމީ ލަވަތަކުގެތެރޭގައި “އޯވަޒަން” “ވަޠަން އެދޭގޮތަށް” “ޖޯޝޭ ގެނައިމީ ޤައުމީ އުފާ” ފަދަ ޖޯޝުން ފުރިގެންވާ ޤައުމީ އެތައް ލަވަތައް ހިމެނެއެވެ. މީގެ އިތުރުން ލޯބީގެ އަސަރުގަދަ އެތައް ލަވައެއްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!