ފުރަތަމަ ކަމަކަށް މި އާޓިކަލް ތެރޭގައި ހިމަނާފައިވާ ލަވަ އަޑުއަހައިލާށެވެ. އެއަށްފަހު އާޓިކަލް ކިޔާލާށެވެ. ހަމަ ގަައިމުވެސް ޢަލީ އިނާން ސަޢީދު (އައްޔު)ގެ ހިތްގައިމު އަޑުން ދޫކޮށްލާފައިވާ މިލައަވަށްވެސް “ތީ ލޯބި ޖަވާހިރެކޭ” ބުނެލެވޭވަރު ވާނެއެވެ. މިއީ އައްޔު އޭނާގެ އަމިއްލަ ގޭގައި އިނދެ ފޯނުން ރިކޯޑް ކޮށްލުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސްޓޯރީތަކަށް މިމަހު 01ވަނަ ދުވަހު ދޫކޮށްލި ލަވައެކެވެ.

އައްޔު މިވަނީ އޭނާގެ ފޭނުންގެ އެދުމުގެ މަތިން “ތީ ލޯބި ޖަވާހިރެކޭ” ގެ ފުލް އޯޑިއޯ ވާޝަން އެހުންތެރިންނަށް ދޫކޮށްލާފައެވެ. މިހާރު މި ލަވަ ޔޫޓިއުބްގެ އިތުރުން ‘ލަވަފޮށި’ އެޕްލިކޭޝަނުން ވެސް އަހައިލެވޭނެއެވެ. މީގެ އިތުރުން ސްޕޮޓިފައި އާއި އެހެން ޕްލެޓްފޯމްތަކަށް ވެސް މި ލަވަ ވަރަށް އަވަހަށް ލާނެއެވެ.

“ތީ ލޯބި ޖަވާހިރެކޭ” އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ވާހަކަ ދައްކައިލުމުގެ ބޭނުމެއް ނެތެވެ. ޔޫޓިއުބަށް ލާފައިވާ މި ލަވަ، މިހައިތަނަށް 16,050 މީހުން ވަނީ އަޑުއަހާފައެވެ.

މަޝްހޫރު ހިންދީ ލަވަ “މެއި ރަންގް ޝަރްބަތޯކާ” ގެ ރާގަށް އައްޔު އަމިއްލަ ލިރިކްސް ހަދައިގެން އޭނާގެ އަމިއްލަ އަޑުން ގެނެސްދީފައިވާ “ތީ ލޯބި ޖަވާހިރެކޭ”ގެ ފުލް ވާޝަންގެ މިއުޒިކް ކޮމްޕޯސް ކޮށްފައިވަނީ ޝަހީދު ލެގަސީ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.