ރާއްޖޭގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކުޑަދަށުން ނެރޭ އުފެއްދުންތަކުގައި މަސައްކަތްކޮށްލަން ބޭނުންވާ އަންހެން އާޓިސްޓުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ. ޑާކް ރެއިން އިން މިމަހުގެ 21 ވަނަ ދުވަހު އާއްމުކޮށްފައިވާ ކާސްޓިންގ ކޯލްގައި ބުނެފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެން އާޓިސްޓެއް ބޭނުންވާ ކަމަށެވެ.
ޑާކް ރެއިންގެ މީޑިއާ ވައިބަރ ގްރޫޕް ‘ޑާކް ރެއިން އެންޓަޓެއިންމެންޓް އޮފިޝަލް’ގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަންހެން އާޓިސްޓެއް ބޭނުންވާ ކަމަށާ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތްތަކުން ޑާކްރެއިންގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވުމަށެވެ. އެގޮތުން، ގުޅޭނެ މަޢުލޫމާތާއި ފޮނުވާ ފަރާތުގެ އެންމެ ފަހުގެ ފޮޓޯއެއް ފޮނުވުމަށް އެދިފައި ވެއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން މިވަގުތުވެސް ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިލްމު “ބީވީމާ”ގެ ޝޫޓިން ވ. ކެޔޮދޫގައި މިހާރު ކުރިއަށް އެބަދެއެވެ. ބައިސްކޯފުން ސްޓްރީމްކުރަން ފަށާފައިވާ އެ ޕްރޮޑަކްޝަންގެ ވެބް ސީރީޒް “ގިރިޓީ ލޯބި”ގެ އެޕިސޯޑްތަކުން ހަތަރު އެޕިސޯޑް މިހާރު ބަލައިލެވެން ހުރިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޑާކް ރެއިންގެ ބިރުވެރި ފިލްމު “ބަޅިނދު”ގެ މަސައްކަތްތައްވެސް ފަށާފައިވެއެވެ.
ޑާކް ރެއިންގެ އެންމެ ބޮޑު ޕްރޮޖެކްޓް، ފިލްމު “ނޮވެމްބަރ”ގެ ހުރިހައި މަސައްކަތްތަކެއް ނިމި، ސްކްރީނުގައި ފިލްމު އެޅުވެނޭ މާހައުލެއް އުފެދުނުހައި އަވަހަކަށް އެ ފިލްމު އަޅުވަން ތައްޔާރަށް އޮތްކަންވެސް ފާހަގަކޮށްލެވެއެވެ. ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
Giritee Loabi Episode 4 NOW STREAMING EXCLUSIVELY ON @baiskoafu#NewEpisode@AdamRizwee_Rex @shifauchippe pic.twitter.com/v9Jkz4EVf7
— Dark Rain Ent (@DarkRainEnt) December 21, 2021
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”