ދުނިޔޭގެ އެންމެ ފަލަ ކުއްޖާ މިހާރު ހުރި ގޮތް ފެނިއްޖެނަމަ ހައިރާން ނުވާނެ މީހަކު މަދުވާނެއެވެ. ކެއުމަށް ގެނައި ހަރުކަށި ބަދަލުތަކަކާއި އިންސްޓްރަކްޓަރެއްގެ އެހީއާއެކު ޤަވާޢިދުން ކުރަންފެށި ކަސްރަތާއެކު މި ކުއްޖާގެ ބަރުދަނުން 107.95 ކިލޯގްރާމް ލުއިކޮށްލާފަައިވެއެވެ.

އުމުރުން 11 އަހަރުގައި އާރްޔާ ޕަރްމާނާގެ ބަރުދަނުގަައި ހުރީ 191 ކިލޯގްރާމެވެ. ނަމަވެސް މިއަދު އާރްޔާގެ ބަރުދަނުން 107.95 ކިލޯގްރާމް ވަނީ ލުއިކޮށްލާފައެވެ.

އާރްޔާ އަކީ އިންޑޮނޭޝިއާގެ ހުޅަނގު ޖާވާ ޕްރޮވިންސަށް ނިސްބަތްވާ ފުރާވަރުގެ ކުއްޖެކެވެ. އޭނާގެ ވާހަކަތައް ފުރަތަމަ ފަހަރަށް ސުރުޚީތަކަށް އެރީ އޭނާގެ އުމުރުން 09 އަހަރުގައެވެ. މީގެ ފަސް އަހަރު ކުރިންނެވެ. އޭރު އޭނާގެ ބަރުދަނުގައި ހުރީ 127 ކިލޯގްރާމެވެ.

އާރްޔާގެ ބިޔަކަމާއި ފަލަކަމުގެ ސަބަބުން އޭނާ ފެންވަރަން ޖެހެނީ ގެއިން ބޭރުގައި ހަދާފައި އޮންނަ ފެންގަނޑަކުންނެވެ. ފަސްވަރަކަށް ފިޔަވަޅު އަޅާއިރަށް އާރްޔާ ހުންނަނީ ނޭވާކުރުވެފައެވެ. މިކަމުގެ ސަބަބުން އާރްޔާއަށް ސްކޫލަށް ވެސް ނުދެވެއެވެ.

އާރްޔާގެ ފަލަކަމާހުރެ އޭނާއަށް ހެޔޮވަރުގެ ހެދުމެއް ނުލިބެއެވެ. އެހެންވެ އޭނާ މުންޑެއް އަންދުވާފައި ބަހައްޓައެވެ. އާރްޔާއަކީ ޖަންކް ފުޑް ކެއުމަށް ނިކަން ވަރު ހުންނަ ކުއްޖެކެވެ. އޭނާގެ އެންމެ މަޤްބޫލު ކެއުމަކީ ނޫޑްލްސް އެވެ.

ނަމަވެސް، އާރްޔާގެ ކެއުމަށް ގެނައި ހަރުކަށި ބަދަލުތަކަކާއި އިންސްޓްރަކްޓަރެއްގެ އެހީއާއެކު ޤަވާޢިދުން ކުރަންފެށި ކަސްރަތާއެކު އާރްޔާގެ ބަރުދަނުން މިވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި 107.95 ކިލޯގްރާމް ލުއިކޮށްލާފައެވެ.

އާރްޔާގެ ބަރުދަން ލުއިވިޔަސް، އޭނާގެ ގައިގެ އެކި ހިސާބުގައި އެލިފައި ހުރި ހަންގަނޑު ރީތިކުރުމަށްޓަކައި ސާރޖަރީތަކެއް ހަދަން ޖެހެއެވެ. އެކަން ކުރަން ނިންމާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ހައްލެއް ލިބި ހަމަޖެހިލެވުމުންނެވެ.

މިހާރު، ކޮންމެ ދުވަހަކުވެސް 03 ކިލޯމީޓަރަށް އާރްޔާ ހިނގައެވެ. ބާސްކެޓް ބޯޅަ ކުޅެއެވެ. ގަސްގަހަށް އަރައެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ސައިކަލްވެސް ދުއްވާލެވިއްޖެވެ. ކޮވިޑާއި ގުޅިގެން އިސްކޫލުތައް ބަންދުކުރުމުގެ ކުރިން އާރްޔާއަށް އިސްކޫލަށް ދިއުމުގެ ނަސީބުވެސް ފުރަތަމަ ފަހަރަށް ލިބުނެވެ.

“މިހެން ބަރުދަން ލުއިވެ، މި ހުރިހާ ކަމެއް ކުރެވޭނެ ކަމަކަށް 2015 ވަނަ އަހަރު އަހަރެން އުއްމީދުވެސް ނުކުރަން. މިހާރު އަހަންނަށް އުޅެން ވަރަށް ފަސޭހަ. ވަރަށް ތަފާތު އިހްްސާސެއް ކުރެވެނީ.” އާރްޔާ ބުންޏެވެ.

އާރްޔާގެ އުމުރުން 10 އަހަރަށް އެޅިއިރު އޭނާ ހުރީ ފިނިބުއިންތަކާއި ނޫޑްލްސްއަށް ދެވިހިފާފައެވެ. ބޮޑު ސިންގާ ދެ ފިރިހެނުން ގިއްކިޔާފައި ކާހަ ތަކެތި އާރްޔާ ކާ ކޮންމެ ފަހަރަކު ކައި އުޅުނެވެ.

އާރްޔާ ހިކުމަށް ކުރި މަސައްކަތްތައް މި ވީޑިއޯއިން ބަލައިލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.