ޔުވެންޓަސް އަދި ސްޕެއިންގެ ފޯވާޑު އަލްވާރޯ މޮރާޓާ އަށް ބާސެލޯނާ އިން ފާރަލަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މަސްދަރުތަކުން ހާމަކުރާގޮތުގައި ބާސެލޯނާ އިން މިހާރު ވަނީ މޮރާޓާ އާ އެކު އެއްބަސްވުމަކަށް އަތުވެފައެވެ.
ޔުވެންޓަަސްގައި މޮރާޓާ މި ވަގުތު ހުރީ އެތުލެޓިކޯ މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޔުވެންޓަސް އިން ބޭނުން ނަމަ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ލޯން އެއްބަސްވުން ހަމަވުމުން 35 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އެއްބަސްވުން ދާއިމީ ނުކޮށް ލޯން އެއްބަސްވުން އާ ކުރާނަމަ ކޮންމެ ސީޒަނަކަށް 10 މިލިއަން ޔޫރޯގެ ލޯން ފީއެއް ދައްކަން ޖެހޭނެއެވެ.
ޔުވެންޓަސް އިން މޮރާޓާގެ އެއްބަސްވުން ދާއިމީ ކުރަން ދައްކަން ޖެހޭ ފީ ބާސެލޯނާ އިން ހަމަޖައްސައިފިނަމަ މޮރާޓާ އަށް ބާސެލޯނާ އަށް ބަދަލުވެވޭނެއެވެ. އެކަމަކު، ޔުވެންޓަސް އިން މޮރާޓާގެ ލޯން އެއްބަސްވުން ކެންސަލްކޮށްފިނަމަ، ބާސެލޯނާ އިން ދެން މޮރާޓާ ހޯދަން މަޝްވަރާކުރަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑާއެވެ.
މޮރާޓާ ދޫކޮށްލުމަށް ފަހު ޔުވެންޓަސް އިން ގެންނަން ބޭނުންވަނީ ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީއެވެ. ބާސެލޯނާ އިން އޮތީ މޮރާޓާ ގެންނަން ކުރާ މަސައްކަތުގައި އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ވިއްކާލަން ތައްޔާރަށެވެ.
ދާދި ފަހުން ބާސެލޯނާ އިން ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒްގެ ސޮއި ވެސް ހޯދާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި