ބޮލީވުޑް ގެ އެންމެ ނަންހިނގާ މަޝްހޫރު ތިން ޚާނުން ކަމަށްވާ ޝާހްރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އާއި ބައްދަލުކުރަން ދެކޮޅުހަދައިފި ކަމަށް މުސްލިމު ޑެއިލީ އާއި އިންޑިޔާ އަދި ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ނަތަންޔާހޫ އާއި ބައްދަލުކުރަން ތިން ޚާނުން ދެކޮޅުހެދީ ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުން މެރުމުގައި އިސްރާއީލް ހައްދުފަހަނައަޅައިފައި ވާތީ އެވެ.

ނަތަންޔާހޫ އާއި ބައްދަލުކުރުމަށް ތިންޚާނުން ދެކޮޅުހަދާފައިވާއިރު، ބޮލީވުޑް ގެ ސްޕަރސްޓަރ އަމީތާބު ބައްޗަން އާއި އޭނާގެ އާއިލާއިން އިސްރާއީލުގެ ބޮޑުވާޒީރާއި ބައްދަލުކޮށް އެކުގައިވަނީ ސެލްފީ ވެސް ނަގާފައެވެ.

ތިން ޚާނުން ނަތަންޔާހޫ އާއި ބައްދަލުކުރުމަށް ދެކޮޅުހެދުމުން މީސްމީޑިއާ އިން ގިނަބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ތަރުހީބުދީ ތަޢުރީފް ކޮށް އެއީ ‘ޙަޤީޤީ ބަޠަލުން ކަމަށް’ ސިފަކޮށްފަ އެވެ. ނަމަވެސް އަނެއްބަޔަކު އަންނަނީ ޚާނުން، ބޮޑުވަޒީރާއި ބައްދަލު ނުކުރީ އެއީ ޔަހޫދީއެއް ކަމަށްވާތީ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި އެމީހުންގެ އެ އަމަލަކީ ގައުމިއްޔަތާއި އިދިކޮޅު އަމަލެއްކަމަށްވެސް ސިފަކޮށްފައިވެ އެވެ.

ނަތަންޔާާހޫ އާއި އެކުގައި ބޮޅިވުޑް ގެ ގިނަ ފަންނާާނުން ވަނި ސެލްފީ ނަގާާފައި

ބޮލީވުޑް ގައި ބޭއްވި ޝެލޮމް ޕާޓީ ތެރޭގައި ބޮލީވުޑް އެތަކެއް މަޝްހޫރު ފަންނާނުންނެއް ވަނީ ނަތަންޔާހޫ އާއި އެކުގައި ނަގާފައިވާ ސެލްފީ އަކުން ފެނިފައެވެ. އެގޮތުން އަޔޭޝާ ޚާން އާއި އަމީތާބް ބައްޗަން ވަނީ ނަތަންޔާހޫގެ ދެކަނަބަލުންނާއި އެކު ސެލްފީ ނަގާފައެވެ.

“މިއީ މަށަށް މިހާތަނަަށް ނެގުނު އެންމެ ބެސްޓް ސެލްފީ.” ނަގާފައިވާ ސެލްފީ އާއި ބެހޭގޮތުން ބޮޑުވަޒީރު ޝުޢޫރު ފާޅުކޮށްފައިވެ އެވެ. މި ސެލްފީގައި ރަންދީރު ކަޕޫރު، ވިވެކް އޮބްްރޯއީ، ސާރާ އަލީ ޚާން، ފިލްމު ޕްރޮޑިއުސަރ އިމްތިޔާޒް އަލީ، މަދޫރް ބަންދަރްކަރް، ނިކިލް އަދްވާާނީ، އަބީޝެކް ކަޕޫރާއި ޝުބާސް ގައީ ހިމެނެއެވެ.

ނަތަންޔާާހޫ އާއި އެކުގައި ބޮޅިވުޑް ގެ ގިނަ ފަންނާާނުން ވަނި ސެލްފީ ނަގާާފައި

ޝެލޮމް ބޮލީވުޑް އިވެންޓް ބޭއްވީ އިސްރާއީލް ގައި ބޮލީވުޑް ގެ ގިނަ ފިލްމުތަކެއް ޝޫޓް ކުރުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

“އަހަރެން ބޭނުން ބޮލީވުޑްގެ ސެލެބްރިޓީސް، ޕްރޮޑިއުސަރުންނާއި ފިލްމީ ތަރިންނާއި އެކު ސެލްފީ އެއް ނަގަން. އެތަކެއް ސަތޭކަ މީހުންނަށް މި ރަހުމަތްތެރިކަމުގެ ގުޅުން ދައްކަން.” ނަތަންޔާހޫ ފާހަގަކުރެއްވި އެވެ. ނަތަންޔާހޫ މިހެން ވިދާާޅުވުމުން ހުރިހައި ތަރިންވެސް ވަރަށް އަވަހަށް އެއްބަސްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އެންމެންގެ ތެރެއިން އެންމެ ދިގަށް ހުރި އަމީތާބް ބައްޗަން ސެލްފީ ސްޓިކް އުފުލާލައި ފޮޓޯ ނެގިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި އިސްރާއީލް ގެ ބޮޑުވަޒީރު ވަނީ އެ ފޮޓޯ އަޕްލޯޑް ކުރައްވާފަ އެވެ.

އަމީތާބާއި ކަރަން ޖޯހަރަށް އަމާޒުކޮށް ބޮލީވުޑް ގެ އެކްޓަރ އިޖާޒް ޚާން ވަނީ ވީޑިއޯ އެއް މެދުވެރިކޮށް ރުޅިވެރިކަމާއެކު ފާޑުވެސް ކިޔާފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.