“ލެޓް ޔޯރ ލައިޓް ޝައިން”ގެ ނަމުގައި ކުޑަކުދިންނަށްޓަކައި އިމޯޝަނަލް އިންޓެލިޖެންސް ޕްރޮގުރާމެއް އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީއެމްސީ)ން ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމު އޮންނާނީ 2022 ޖެނުއަރީ 09 ، 10 އަދި 11 ވަނަ ދުވަހު ކަމަށް އީއެމްސީން ބުނެއެވެ.

މިއީ ބާރުވެރި، އުފާވެރި ދުޅަހެޔޮ ހަމަޖެހޭ މުޖުތަމަޢުއެއް ބިނާކުރުމަށް އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ އިން ކުރަމުންދާ އެކިއެކި މަސައްކަތްތަކުގެ ތެރެއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އެތަނުން ބުނެއެވެ.

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ކޯފައުންޑިންގ ރައީސާ ސަމާ އިބްރާހިމް ދީދީ ހާމަކުރިގޮތުގައި މިޕްރޮގުރާމްގެ މަޤްޞަދަކީ ކުޑަކުދިންނަކީ އެކުދިންގެ އިޙްސާސްތައް ދަނެގަނެ ހިއްސާކުރަން އެނގޭ އަދި އެހެންމީހުންގެ އިޙްސާސްތަކަށް ބަލައި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރާ ރަގަޅަށް މުޢާމަލާތްކުރަން އެނގޭ ހުނަރުވެރި، ބާރުވެރި، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކާމިޔާބު ކުއްޖެއްގެ ގަޮތުގައި މުޖުތަމަޢުއަށް ނެރެދިނުމެެވެ.

ސަމާ ވިދާޅުވިގޮތުގައި 03 ދުވަހަށް ދެމިގެންދާ މިޕްރޮގުރާމް ނިންމާ ކޮންމެ ކުއްޖަކީ މުޖުތަމަޢު ބޭނުންވާ ފަދަ ހުނަރުވެރި ބާރުވެރި ކުއްޖަކަށް ހެދުމަށްޓަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު އެކި އެކި ހަރަކާތްތަކާއި ތަޖްރިބާކާރު ފެސިލިޓޭޓަރުންގެ ކިޔަވައިދިނުމާއި މަޢުލޫމާތު ޙިއްސާކުރުމާއި ކުދިންގެ އަމަލީ ތަޖްރިބާއިން އެކުދިންނަށް އެކުދިންގެ އަމިއްލަ ނަފުސު ދަނެގަނެވި ދަސްވެ ރަގަޅު ކުރަން ޖެހޭ ކަންތައްތައް އެގިގެންދާނެއެވެ.

މިޕްރޮގުރާމްގައި ރަޖިސްޓްރީވެލައްވަން ބޭނުންފުޅުވާ ނަމަ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް އަދި 9199918 އަދި ތިރީގައިވާ ފްލަޔަރގެ ކިއު އާރ ކޯޑުންވެސް ރެޖިސްޓްރީ ކުރެވޭނެއެވެ.

ރެޖިސްޓްރީވުމަށް ކިޔުއާރް ކޯޑް ސްކޭންކޮށްލައްވާ!

ނުވަތަ ތިރީގައިވާ ގޫގުލް ފޯމް ލިންކް ބޭނުންކޮށްގެންވެސް ބައިވެރިވެވޭނެއެވެ.

https://docs.google.com/…/1FAIpQLScnlhhGw65KoC…/viewform

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީއެމްސީ)ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.