މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ އައު ކޮމެޑީ ސްޕެޝަލް ޝޯ “ކަޕިލް ޝަރުމާ:އައި އޭމް ނޮޓް ޑަން ޔެޓް” މި މަހު 28 ގައި ނެޓްފްލިކްސްއިން ޕްރިމިއަރ ކުރަން ނިންމައިފިއެވެ. މައްޝޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަކީ 2007 ވަނަ އަހަރު “ދަ ގްރޭޓް އިންޑިއަން ލާފްޓަރ ޗެލެންޖް” އިން ކޮމެޑީ ދާއިރާ އަށް ނުކުމެ މީގެ އިތުރުން “ކޮމެޑީ ސަރކަސް” ވިދިވިދިގެން 6 ފަހަރު ހޯދާފައިވާފަންނާނެކެވެ. “އެންޓަރޓެއިނަރ އޮފް ދަ އިޔާރ”، ބެސްޓް ކޮމެޑީ ޝޯވ އޮފް އޯން ޓެލެވިޜަން” ފަދަ އެތައް އެވޯޑްތަކެއް ހޯދާފައިވާ، ކަޕިލްގެ އައު ކޮމެޑީ ޝޯ “ކަޕިލް ޝަރުމާ: އައި އޭމް ނޮޓް ޑަން ޔެޓް” މި މަހު 28 ގައި ނެޓްފްލިކްސްއިން ދައްކަން އިއުލާނުކޮށް ކަޕިލް ވަނީ ބުދަ ދުވަހު ވީޑިއޯއެއްވެސް ނެރެފައެވެ. އެއް މިނެޓާއި 34 ސިކުންތުގެ މި ވީޑިއޯގައި ކަޕިލް މިހާ ހިސާބަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދެއެވެ.
ކަޕިލްގެ “ކަޕިލް ޝަރުމާ ޝޯ” އަކީ އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދައްކާ ޝޯތަކުގެ ތެރެއިން އެތައް މިލިއަން މީހުންނެއްގެ އެންމެ މަގްބޫލު ޝޯ އެވެ. ކަލާރސް ޓީވީން ފެށި މި ޝޯވ މިހާރު ދަށްކަމުން ގެންދަނީ ސޮނީ ޓީވީންނެވެ.
“‘ދަ ކަޕިލް ޝަރުމާ ޝޯ” ގެނެސްދެމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 ނޮވެމްބަރ 2023ޚަބަރު“ފްރީ ޑެލިވަރީ” ނުބަލާ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫން
- 13 ފެބްރުއަރީ 2023ޚަބަރުބިގްބޮސް 16 ގެ ފަޚުރުވެރި އެެއްވަނަ އެމްސީ ސްޓޭން އަށް
- 7 ފެބްރުއަރީ 2023ހޮލީވުޑްބިގްބޮސް 16 ގެ ގަދަ ފަސް ބައިވެރިން ކަށަވަރުވެއްޖެ
- 13 މާރޗް 2022ޚަބަރުލަތާ މަންގޭޝްކަރްގެ ހަނދާނުގައި ޓްރިބިއުޓެއް