ބޮލީވުޑް ޓިޕިކަލް ސްޓައިލްގެ ފިލްމުތަކުން ފޭނުންގެ ލޮލުން ކަރުނަ އޮހޮރާލައި ފޭނުން ޖާދޫގައި ޖައްސަމުން އަންނަ ކާމިޔާބު ޑައިރެކްޓަރ ކަރަން ޖޯހަރް އުފައްދަމުން އަންނަ ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އަކީ ކަރަންގެ ޖާދޫގައި ފޭނުން ޖައްސާނެ ފިލްމެއް ކަމަށް އޭގެ ލީޑް އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.
2021 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމަކީ ކަރަން މީގެ ކުރިން ގެނެސްދިން ފިލްމުތަކުގައި ހެޔޮވަރުކޮށްފައި ހުރި ހުރިހާ ރަހައެއް އެކުލެވޭނެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ ކަމަށް ބޮލީވުޑް ލައިފަށް ރަންވީރު ދިން އިންޓަވިއުގައި ބުނެފައިވެއެވެ. މީގެ އިތުރުން 2001 ގައި ކަރަން ގެނެސްދިން “ކަބީ ޚުޝީ ކަބީ ޣަމް”ގެ ހަނދާންތަކުގެ ތެރެއަށް ވެސް މި ފިލްމު ގެންގޮސްދޭނެ ކަމަށް އޭނާ ބުންޏެވެ.
ރަންވީރުގެ ވާހަކައިގައި މި ފިލްމުގެ ސިފަތައް ކިޔައިދެމުން ބުނީ މިއީ ކަރަންގެ ޓިޕިކަލް ފިލްމެއް ކަމަށެވެ.
“ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ”ގެ މައި ރޯލުތައް ކުޅެނީ ރަންވީރާއި އާލިއާ ބަޓެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޖާޔާ ބައްޗަން އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
މި ފިލްމު ސިނާތަކަށް ގެންނަން ނިންމާފައިވަނީ 10 ފެބްރުއަރީ 2023ގައެވެ. މިއީ ކަރަން ޑައިރެކްޓްކުރާ 08 ވަނަ ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟