ބްރޭންޑް ނަމެއްގެ ދަށުން އުފެއްދުންތެރި ލިރިކްސްތަކެއް ގެނެސްދެމުން އަންނަ ‘ރިޓްޒް ލިރިކްސްް’ އިން ކަރޯކޭ ޗެނަލެއް ލޯންޗްކޮށް، ހިތްގައިމު ކަރޯކޭ ވީޑިއޯ ޓްރެކްތަކެއް ގެނެސްދޭން ފަށައިފިއެވެ. ‘ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް‘ގެ ނަމުގައި މި ކަރޯކޭ ޗެނަލް ލޯންޗްކުރީ 20 ޑިސެމްބަރު 2021ވީ ހޯމަ ދުވަހުގެ ރޭގައެވެ.
‘ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް‘ ޗެނަލްގައި ހިމަނާފައިވާ ހުރިހައި ލަވަތަކެއްގެ ޅެންވެރިއަކީ ‘ރިޓްޒް ލިރިކްސްް’ގެ ފައުންޑަރ އާމިނަތު ރިޒްނީ (ރިޒް) އެވެ.
“މިދިޔަ އަހަރަކީ ‘ރިޓްޒް ލިރިކްސްް’ އަށް ވަރަށް ކާމިޔާބު އަހަރެއް. ‘ރިޓްޒް ލިރިކްސްް’ އިން ކޮންމެ މަހެއްގެ 20 ވަނަ ދުވަހު ނެރެމުން އައި އައު އޯޑިއޯ ލަވަ ނެރުން މަޑުޖައްސައިލުމަށްފަހު މިހާރު ‘ރިޓްޒް ލިރިކްސްް’ގެ ފޯކަސް އޮތީ ‘ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް‘ އަށް.” ކަރޯކޭ ޗެނަލާ ބެހޭ އިތުރު މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ރިޒް ބުންޏެވެ.
“‘ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް‘ ޗެނަލް ހެދުމުގެ މަޤްޞަދަކީ ކަރޯކޭ ކިޔާ ހިތްވާ ކުދިންނަށް ‘ރިޓްޒް ލިރިކްސްް’ އިން ރީތީ ލިރިކްސްތަކެއް ފޯރުކޮށްދިނުން.” ކަރޯކޭ ޗެނަލެއް ހެދުމުގެ ބޭނުމަކީ ކޮބައިކަން އޮޅުންފިލުވައިދެމުން ރިޒް ފާހަގަކުރިއެވެ.
“‘ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް‘ ޗެނަލްގައި މިއަދާ ހަމައަށް 20 ލަވައިގެ ކަރޯކޭ ވީޑިއޯ ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ. މި ހުރިހައި ލިރިކްސްތައް ވެސް ހަދާފައި ވަނީ އާމިނަތު ރިޒްނީ (ރިޒް) އެވެ.
މިވަގުތު ވިއްސަކަށް ކަރޯކޭ ވީޑިއޯ ލިބެން ހުރި ނަމަވެސް، މި ޗެނަލަށް ލަވަތައް އިތުރުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ރިޒްގެ ކަރޯކޭ ވޯރލްޑްގެ ތެރެއިން، ރިޒްގެ ކަރޯކޭ ރަހުމަތްތެރިންނާ އެއްކޮށް ކިޔާލަން ބޭނުންވާ ލަވައިގެ ލިރިކްްސް ނުލިބޭތީ ލަވަހަދަން ފެށި ރިޒް މިއަދު މިވަނީ އޮރިޖިނަލް މިއުޒިކް ޓްރެކްތަކާއެކު، އޭނާގެ ބްރޭންޑް ނަމުގެ ދަށުން ކޮލިޓީ އަދި އެހާމެ ބޭނުންތެރި މަސައްކަތެއް ފަށާފައެވެ. ރިޒްގެ މި މަސައްކަތަށް އަބަދުވެސް ކާމިޔާބީ ލިބުމަކީ މުނިއަވަސް ޓީމުގެ އެދުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!